އިބްރާހިމް ފަހީމް   18 ޖެނުއަރީ 2025 - 21:44
ރޭ މާލޭ އާޓިފިޝިއަލް ބީޗްގައި މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓިކޮށްލަން ނިންމާފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ރޭ އާޓިފިޝިއަލް ބީޗްގައި މާރާމާރީ ހިންގާފައިވާކަމުގެ ރިޕޯޓު ލިބުމުން ފުލުހުން ވަނީ އެތަނަށްގޮސް އެކަމުގައި ޝާމިލުވި އިންޑިއާގެ 3 ބިދޭސީން ހައްޔަރުކޮށްފައެވެ.

ރޭ އެ މާރާމާރީ ހިންގިއިރު އެތަން ވީޑިއޯކުރި ދިވެއްސަކަށް ވެސް އެ ބިދޭސީން ވަނީ ހަމަލާ ދީފައެވެ.

އެ މައްސަލައާ ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަހީދު އެކްސްގައި ވިދާޅުވީ، އިއްޔެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ވަނީ 03 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށެވެ.

އަދި އެ އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން ކަމަށް ޝަމްއާން ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ، އާންމު  މަސްލަހަތަށް ނުރައްކާވާ ގޮތަށް، އެފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދެއްވާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން