އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ބޭސް ފިހާރައެއް
އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ބޭސް ފިހާރައެއް
ބޭސް ފިހާރައަކުން އަގުބޮޑުކޮށް ބޭސް ވިއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއެއްގައި ބުނެފައިވަނީ އެކަން ހިނގާފައިވަނީ އއ. ރަސްދޫ ގައި ކަމަށެވެ. އެގޮތުން އެވީޑިއޯގައި ބޭސްފިހާރައިން އަގުބޮޑުކޮށް ބޭސް ވިއްކުމުން އެކަމާ ޢާއްމުންގެ މީހަކު ހިތްހަމަނުޖެހުން ފާޅުކުރާ އަޑު އިވެއެވެ.

އޭގެއިތުރުން ބޭސްފުޅީގެ އަސްލު އަގަކީ 135 ރުފިޔާ ކަމަށާއި ނަމަވެސް ބޭސް ފިހާރައިން ބޭސް ވިއްކާފައިވަނީ 270 ރުފިޔާއަށް ކަމަށް އެމީހާ ބުނެފައިވެއެވެ.

“ކަލޭ އަހަރެންގެ ގެސްޓަކަށް ވިއްކީ އަގުބޮޑުކޮށް. ކަލޭ ސިސްޓަމުން ބަލާ.” އަގުބޮޑުކޮށް ބޭސް ވިއްކުމުން ހިތްހަމަ ނުޖެހުން ފާޅުކުރި މީހާ ބުނެފައިވެއެވެ.

ޖަވާބުގައި ބޭސް ފިހާރައިގެ ކައުންޓަރުގައި އިން މީހާ ބުނެފައިވަނީ އެއީ ސިސްޓަމްގައި އޮތް އަގުކަމަށެވެ. ނަމަވެސް އޭގެފަހުން އޭނާ ވަނީ އިތުރަށް ނެގި ފައިސާ ޢާއްމުންގެ މީހާއަށް ދީފައެވެ.

ފާމަސީއަކުން ބޮޑު އަގުގައި ބޭސްވިއްކާފައިވާ ވީޑިއޯއެއް ޢާއްމު ވެފައިވާއިރު މިދިޔަ އަހަރު އެންސްޕާއިން ވަނީ ސަރުކާރުގެ ބޭސް ލިސްޓަށް ބޭސް ވިއްކަން ބައެއް ފާމަސީތަކުން ދެކޮޅުހަދާ ކަމަށް ބުނެފައެވެ.

ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލްކޮށް އާސަންދަ ރިފޯމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަގަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ މިދިޔަ އަހަރުއެވެ.

އޭގެ އިތުރުން އާސަންދަ ސްކީމުން ބޭސް ނަގާއިރު އަމިއްލަ އަތުން ފައިސާ ދައްކަން ޖެހިއްޖެނަމަ ނުވަތަ ބޭހެއް ނުލިބިއްޖެ ނަމަ އެކަން ރިޕޯޓު ކުރުމަށްވެސް ސަރުކާރުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން