ރޯދަޔަށް ބަހާނީ ސައިޒް ކުޑަ ކުރި މަސް ދަޅު ނޫން ކަމަށް މިފްކޯއިން ބުނެފި އެވެ.
ކުރިއަށް އޮތް ރޯދަ މަހަށް ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ހަދިޔާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ވަދުއުވެވަޑައިގެންފަ އެވެ.
އެހެންވެ މިފްކޯއިން ދަނީ އެކަމަށް ތައްޔާރުވަމުން ނެވެ.
ނަމަވެސް ރޯދަމަހަށް ބަހަނީ ސައިޒް ކުޑަކޮށްފައިވާ މަސް ދަޅުތަކެއް ކަމަށް ބުނާ އަޑުތަކެއް ދަނީ ފެތުރެމުން ނެވެ.
އެކަމާ ގުޅިގެން މިފްކޯއިން މިއަދު އެކްސްގައި ބުނީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ރޯދަޔަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުނި ނުވާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން މިފަހުން ވަނީ 140ގްރާމްގެ މަސް ދަޅެއް ނެރެފަ އެވެ. މިއީ ކުދި ގޭބިސީތަކަށާއި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ނެރުނު މަސްދަޅުތަކެއް ކަމަށް ވެސް މިފްކޯއިން ބުނެފައި ވެއެެވެ.
ނަމަވެސް މި ފަހަރު ބަހާނީ 180ގްރާމްގެ މަސް ދަޅުކަމަށް މިފްކޯއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު