ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްފަހު ހަ ކުއްޖަކު އެނބުރި ރާއްޖެއަށް އަތުވެއްޖެއެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެނީ ޒަކާތު ފަންޑުންނެވެ. ސަރުކާރުން ނިންމާފައިވަނީ ކޮންމެ އަހަރަކުވެސް ދައުލަތުގެ ޚަރަދުގައި ދިހަ ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.
އެގޮތުން މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން މިއަދު ބުނެފައިވަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ރާއްޖެއިން ބޭރަށް ދިޔަ ތެލެސީމިއާ ބަލީގެ ހަ ކުއްޖަކު ކާމިޔާބު ކަމާއެކު ފަރުވާ ފުރިހަމަކޮށް އެނބުރި ރާއްޖެއަށް އައިސްފައިވާ ކަމަށެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްފަހު ހަ ކުއްޖަކު އެނބުރި ރާއްޖެއަށް އައިސްފައިވާއިރު މި ސަރުކާރުގައި އެންމެ ފުރަތަމަ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ކުއްޖަކު ފުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހެވެ. އަދި މިހާރުވެސް 40 ކުދިން ބޯންމެރޯ ހެދުމަށް ލިސްޓް ކުރެވިފައިވާ ކަމަށް ސިއްޙަތާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ތެލެސީމީއާ ބަލީގެ 659 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަަމުން ދާއިރު، އޭގެ ތެރެއިން 300 ކުދިންނަކީ މާލޭގައި ދިރިއުޅެމުން ފަރުވާ ހޯދަމުން ގެންދާ ކުދިންނެވެ.
ސަރުކާރުގެ އެހީގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ހަމައެއާއެކު ރާއްޖޭގައި ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމްކުރުމަަށް މިސަރުކާރުން ވަނީ ނިންމާފައެވެ.
އޭގެއިތުރުން ސަރުކާރުން މިހާރުވަނީ ތެލަސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން އާލާތްތައް އެސްޓީއޯ މެދުވެރިކޮށް އާސަންދައިގެ ތެރެއިން ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.

With the support of Maldives Blood Services, six children have successfully undergone bone marrow transplants abroad and returned home to their families. This reflects our continued commitment to improving care for children with Thalassemia. pic.twitter.com/pYk0YMKTiJ
— Maldivian Blood Services (@MBS_mv) January 19, 2025
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްފަހު ހަ ކުއްޖަކު އެނބުރި ރާއްޖެއަށް އައިސްފައިވާއިރު މި ސަރުކާރުގައި އެންމެ ފުރަތަމަ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ކުއްޖަކު ފުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހެވެ. އަދި މިހާރުވެސް 40 ކުދިން ބޯންމެރޯ ހެދުމަށް ލިސްޓް ކުރެވިފައިވާ ކަމަށް ސިއްޙަތާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ތެލެސީމީއާ ބަލީގެ 659 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަަމުން ދާއިރު، އޭގެ ތެރެއިން 300 ކުދިންނަކީ މާލޭގައި ދިރިއުޅެމުން ފަރުވާ ހޯދަމުން ގެންދާ ކުދިންނެވެ.
ސަރުކާރުގެ އެހީގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ހަމައެއާއެކު ރާއްޖޭގައި ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމްކުރުމަަށް މިސަރުކާރުން ވަނީ ނިންމާފައެވެ.
އޭގެއިތުރުން ސަރުކާރުން މިހާރުވަނީ ތެލަސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން އާލާތްތައް އެސްޓީއޯ މެދުވެރިކޮށް އާސަންދައިގެ ތެރެއިން ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ހިޔާލު