ރޯދައިގެ ކުރިން ފެނަކައިގެ ދަރަނީގެ ކަންކަން ހައްލުވާނެ ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން ނަޖާޙް ވިދާޅުވީ ފެނަކައިން އެކިފަރާތްތަކަށް ދައްކަންޖެހޭ ދަރަނިތައް އަވަހަށް ދެއްކުމަށް ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ރޯދައިގެ ކުރިން އެކަން ކުރެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ނަޖާހް ވިދާޅުވެފައިވެއެވެ.
ނަޖާހް ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން މިވޭތުވެދިޔަ ޑިސެންބަރު މަހު 20 މިލިއަން ރުފިޔާގެ ދަރަނި އަދާކުރެވިފައިވާ ކަމަށާއި އަދިވެސް ވެންޑަރުންނަށް 640 މިލިއަން ރުފިޔާގެ ދަރަނި އަދާނުކުރެވި ހުރިކަމަށެވެ.
“ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވެފައި އޮތީ ރޯދައިގެ ކުރިން އަޅުގަނޑުމެންނަށް ފަންޑްސް ހަމަޖައްސައި ދެއްވާނެ ކަމަށް. އިރާދަ ކުރެއްވިއްޔާ ރޯދައިގެ ކުރިއަށް ދަރަނީގެ ކަންކަން ހައްލުވާނެ. އޭރު ރަށްރަށަށް ޚިދުމަތް ދިނުމަށް ފޯކަސް ކުރެވޭނެ.” ނަޖާހު ވިދާޅުވިއެވެ.
ހަމައެއާއެކު ނަޖާހް ވިދާޅުވީ ފެނަކައަށް ލިބޭ ފައިސާއިން ކުންފުނި ހިންގޭނެ ކަމަށެވެ. އެހެންނަމަވެސް، ދަތިކަމެއް ދިމާވެގެން އުޅެނީ ދަރަނީގެ ބޮޑު ބެކްލޮގެއް އޮތުމުންކަން ނަޖާހް ފާހަގަ ކުރެއްވިއެވެ.
ނަޖާހް މިހެން ވިދާޅުވެފައިވާއިރު މިސަރުކާރުން ފެނަކައާއި ހަވާލުވިއިރު އާންމު ފަރާތްތަކާއި ކުންފުނިތަކަށް އެކަނިވެސް ފެނަކައިން 1.7 ބިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތް ކަމަށާއި ފެނަކަ ކޯޕަރޭޝަންގެ ޖުމްލަ ދަރަނި އޮތީ 4.3 ބިލިއަން ރުފިޔާގައި ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އިސްތިޢުފާ ދެއްވި މުޢާޒު މުޙައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު