ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމްތައް ޕްރޮސެސްކުރުން އިލެކްޝަންސް ކޮމިޝަނަށް މެދުކަނޑާނުލެޥޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
ވެރިކަން ކުރާ ޕީއެންސީން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި މައްސަަލައެއް ހޫނުވެފައި ވަނިކޮށް ސިޔާސީ ޕާޓީތަކަށް ވަންނަ މެމްބަރުންގެ ފޯމުތައް ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަމުން ދިޔަ ސިމަދަ ޕޯޓަލް މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެއީ އީ- ފާސް ބޭނުންކުރަން ފެށުމުގެ ގޮތުން އިންތިޒާާމްތައް ހަމަޖެއްސުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އެއާއެކު ސިޔާސީ ޕާޓީތަކުން ފޯމުތައް ޕްރޮސެސްކުރަން އިލެކްޝަންސްއަށް ފޯމު ހުށަހެޅުމުގެ ދޮރު ވަނީ ބަންދުވެފަ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީ ލީގަލް ޑައިރެކްޓަރު މަހުފޫޒް ސައީދު ވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
މަހުފޫޒް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައި އޮތް ހައްގެއް ކަމަށެވެ.
އެހެންކަމުން އެ ހައްގު ނުހިފެއްޓޭނެ ކަމަށާއި އަދި މަޑު ޖައްސާވެސް ނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއެންސީން ހިންގީ ޖަރީމާއެއްކަން ފާހަގަކުރައްވައި މަހުފޫޒް ވިދާޅުވީ އެކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުން އޮތީ ހައްލުވެސް ހޯދައިދީފައި ކަމަށެވެ. އެގޮތުން ސައްހު ނޫން ފޯމުތައް ހުށަހަޅާނަމަ ކޮންމެ ފޯމަކަށް 5000 އާާއި 10،000 ރުފިޔާާއިން ޖޫރިމަނާކުރެޥޭނެ ކަމަށް ވެސް އޮތީ ބުނެފައި ކަމަށް އޭނާާ ވިދާޅުވި އެވެ.
"ވަކި ޕާޓީއަކުން ވަގު ފޯމު ހުށަހެޅީތީ ހުރިހާ ސިޔާސީ ޕާޓީއަކަށް މެމްބަރުން ވެއްދުން މަޑު ޖައްސާާލުމަކީ އެއީ ކުރެެއްވޭނެ ކަމެއް ނޫން."މަހުފޫޒް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު