ކެބިނެޓަށް ގެނައި ބަދަލާއެކު މިދިޔަ މަހު ހުވަ ކުރެއްވި ހަތަރު މިނިސްޓަރުންނާއެކު ރައީސްއާއި ނާއިބު ރައީސް--
ކެބިނެޓަށް ގެނައި ބަދަލާއެކު މިދިޔަ މަހު ހުވަ ކުރެއްވި ހަތަރު މިނިސްޓަރުންނާއެކު ރައީސްއާއި ނާއިބު ރައީސް--
ކެބިނެޓަށް މިދިޔަ މަހު ގެނައި ބަދަލާއެކު އަލުން މަގާމު ހަމަޖެއްސި ހަތަރު ވަޒީރުންނަށް ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.

އެ ވަޒީރުންނަށް ރުުހުން ހޯދަން ކޮމިޓީއަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އަދި މިއަދު ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ބައްދަލުވުމެއް ބާއްވައި ކޮމިޓީގެ އަގުލަބިއްޔަތުން ވަނީ ހަތަރު ވަޒީރުންނަށް ރުުހުން ދޭން ފާސްކޮށްފަ އެވެ.

ކޮމިޓީން ރުހުން ދިނުމުން ދެން އެ ނިންމުމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ނެވެ.

މިފަހަރު ކެބިނެޓަށް ގެނައި އެއް ބަދަލަކީ ފިނޭންސް މިނިސްޓްރީއަށް ޕްލޭނިންގްގެ ބައި އިތުރު ކުރެއްވުމެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް ބަދަލު ކުރައްވައި އެ ވުޒާރާގެ މިނިސްޓަރ ކަމަށް އައްޔަނު ކުރެއްވީ ކުރިން ވެސް ފިނޭންސް މިނިސްޓަރ ކަމުގައި ހުންނެވި މޫސާ ޒަމީރެވެ.

އަނެއް ބަދަލަކީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަންގެ ނަން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ނަމަށް ބަދަލު ކުރެއްވުމެވެ. އެމިނިސްޓްރީ ހަވާލުކުރެއްވީ، ކުރިން ހައުސިން މިނިސްޓަރގެ ގޮތުގައި ހުންނެވި މއ. ވެނީލާގެ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދާއެވެ.

މިފަހަރު މަރްޔަމް މާރިޔާއާއި ހަވާލުކުރެއްވީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އެވެ.

އޭގެ އިތުރުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި އެ މިނިސްޓްރީގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ވަނީ ބަދަލުކޮށްފަ އެވެ

ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވީ، ޑޮކްޓަރ އަބްދުﷲ މުއްތަލިބެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން