ޖަރުމަނު ވިލާތުގލގެ ޓެކްސީތަކުގައި ރާއްޖެ އިޝްތިހާރުކުރަން ނިންމައިފި އެވެ.
އެމްއެމްޕީއާރުސީން ބުނީ މިއީ މި އަހަރު ޖަރުމަނުގެ ބާލިންގައި އޮންނަ އައިޓީބީ ބާލިން ފެއާއާ ދިމާކޮށް ބާއްވާ ޕްރޮމޯޝަނެއް ކަމަށެވެ.
އެގޮތުން އަންނަ މަހު އެ ކެމްޕެއިން ފަސް ހަފްތާއަށް ކުރިއަށް ގެންދާއިރު 200 ޓެކްސީގައި ރާއްޖޭގެ ލޯގޯއާ މަންޒަރުތައް ހިމަނާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފައި ވެއެވެ.
އެއާއެކު ރާއްޖެއަކީ ހާއްސަ ބްރޭންޑެއްކަން ގިނަ ބަޔަކަށް އިތުރަށް އެނގިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފައި ވެއެވެ.
ޓެކްސީގެ އިތުުރުން ޖަރުމަނުގެ ވެރިރަށް ބާލިންގެ ބިލްބޯޑުތަކުގައި ވެސް ރާއްޖެ އިޝްތިހާރުކުރަން ވަނީ ނިންމައިފަ އެވެ.
ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު