ބައެއް ވަޒީރުން އިޚްލާސްތެރިކަމާއިއެކު ރައީސުލްޖުމްހޫރިއްޔާއަށް މަސައްކަތް ކޮށްދޭކަން ކަށަވަރު ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޢަބްދުއްލަޠީފް މިހެން ވިދާޅުވީ ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންގެ މަޖިލީހަށް ރައީސް ގެންނެވި ބަދަލުތަކަށް ރުހުން ދިނުމުގެ މައްސަލައަށް ބަހުސް ކުރަށްވަމުންނެވެ.
އެގޮތުން ލަތީފް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމަކީ ވަރަށް މާތް މަގްސަދެއްގައި ކުރެވޭކަމެއް ކަމަށެވެ. އަދި އެއީ ރަމްޒީކަމެއް ނޫންކަން ފާހަގަކުރަށްވަމުން ލަތީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވަޒީރުން އައްޔަނުކުރަށްވަނީ ރައްޔިތުންނަށް ހިދުމަތްކޮށް، ރައީސްގެ ސިޔާސަތުތައް ނެގެހެއްޓުމަށްޓަކައި ކަމަށެވެ.
ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާއަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކޮށްދޭކަން ކަށަވަރު ނުވާ ވަޒީރުންނަށް ދޭ ރުހުމަކީ އަނބުރާ ގެނެވޭ އެއްޗެއްކަމަށް ލަތީފް ވިދާޅުވެފައިވެއެވެ. އަދި ހަމައެހެންމެ އިހުލާސްތެރިކަމާއިއެކު މަސައްކަތް ނުކުރެވޭ ވަޒީރުންނަށް މަގާމުތަކުގައި ތިބެވޭނެކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.
ލަތީފް މިއަދު ވަނީ ބައެއް ވަޒީރުން މަޖިލީހުގެ މެންބަރުން ފޯނު ކުރެއްވުމުން ފޯނު ނުނަންގަވާ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުންވެސް ފާޅު ކުރަށްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ގާތްވުމުން މަގާމުގައި ދެމިތިބެވޭނެކަމަށް ހީވާނަމަ އެއީވެސް ކުށްހީއެއް ކަމަށް ލަތީފް ވިދާޅުވިއެވެ.
ބައެއް ވަޒީރުން އިހުލާސްތެރިކަމާއިއެކު ރައީސުލްޖުމްހޫރިއްޔާއަށް މަސައްކަތްކޮށްދޭކަން ކަށަވަރު ނުވާކަމުގެ ކަންބޮޑުވުމާއެކު ލަތީފް ވިދާޅުވީ ބައެއް ވަޒީރުން މެންބަރުންނަށް ފިލައިގެން އުޅޭ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން ކުރިމަތިކުރާ ސުވާލުތަކަށް ޖަވާބުދާރީވުމަށް މެންބަރުން ނުކުޅެދިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު