ކެބިނެޓަށް މިދިޔަ މަހު ގެނައި ބަދަލާއެކު އަލުން މަގާމު ހަމަޖެއްސި ހަތަރު ވަޒީރުންނަށް މަޖިލީހުން ރުހުން ދީފި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އިއްޔެ އެ ވަޒީރުންނަށް ރުހުން ދިންއިރު މިއަދު މަޖިލީހުގެ ތަޅުމުން ވަނީ ކޮންމެ ވަޒީރަކަށް ރުހުން ހޯދަން ވަކިވަކިން ވޯޓަށް އަހައިފަ އެވެ.
އޭގެ ތެރެއިން ހަޔާ އެޑިއުކޭޝަންގެ ވަޒީރު ޑރ. ހައިދަރު އަލީ އައްޔަނުކުރަން ނުފެންނަ ކަމަށް ހަ މެމްބަރަކު ވޯޓު ދެއްވި އިރު އަނެއް ތިން ވަޒީރުން މަގާމަށް އައްޔަނުކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.
ހައިދަރު މަގާމަށް އައްޔަނުކުރަން ފާސްކުރީ 63 މެމްބަރުންގެ ވޯޓުން ނެވެ.
މިފަހަރު ކެބިނެޓަށް ގެނައި އެއް ބަދަލަކީ ފިނޭންސް މިނިސްޓްރީއަށް ޕްލޭނިންގްގެ ބައި އިތުރު ކުރެއްވުމެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް ބަދަލު ކުރައްވައި އެ ވުޒާރާގެ މިނިސްޓަރ ކަމަށް އައްޔަނު ކުރެއްވީ ކުރިން ވެސް ފިނޭންސް މިނިސްޓަރ ކަމުގައި ހުންނެވި މޫސާ ޒަމީރެވެ.
އަނެއް ބަދަލަކީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަންގެ ނަން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ނަމަށް ބަދަލު ކުރެއްވުމެވެ. އެމިނިސްޓްރީ ހަވާލުކުރެއްވީ، ކުރިން ހައުސިން މިނިސްޓަރގެ ގޮތުގައި ހުންނެވި މއ. ވެނީލާގެ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދާއެވެ.
މިފަހަރު މަރްޔަމް މާރިޔާއާއި ހަވާލުކުރެއްވީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އެވެ.
އޭގެ އިތުރުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި އެ މިނިސްޓްރީގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ވަނީ ބަދަލުކޮށްފަ އެވެ
ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވީ، ޑޮކްޓަރ އަބްދުﷲ މުއްތަލިބެވެ.

ކިޔުންތެރިންގެ ހިޔާލު