ސަރުކާރު އޮފީސްތަކުގައި ޕާޓީ ޖަގަހަ ހިންގައި، އިލެކްޝަނަށް ވަގު ފޯމު ހުށައެޅި މައްސަލައިގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ޑިމޮކްރެޓްސްގެ ފުރަތަމަ ރަނިންމޭޓް ހުސެން އަމްރު ވިދާޅުވެއްޖެއެވެ.

މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި އަމްރު ވަނީ މި މައްސަލައިގައި ސަރުކާރު ހިންގާ ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން އަދި ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން މިކަންކަމާ ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

“ސަރުކާރު އޮފީސްތަކުގަ ޕާޓީ ޖަގަހަ ހިންގާ، ރައްޔިތުންގެ ސިއްރު މައުލޫމާތުތަކަށް ޚިޔާނާތްތެރިވެ، އިލެކްޝަން ކޮމިޝަނަށް އެތައް ހާސް ވަގު ފޯމެއް ހުށައެޅިއިރު ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް މިކަންކަމާ ބެހޭގޮތުން ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ.“ އަމްރު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ޑިމޮކްރެޓްސް ދޫކޮށް ދާދިފަހުން އެމްޑީޕީއާ ގުޅިވަޑައިގަތް އަމްރު މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ އައިޑީ ކާޑު ހެދުމުގެ މަސައްކަތް ކުރާ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ގެ ތެރޭގައި ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ކުރެއްވި ކަމަށް ހޯމް މިނިސްޓްރީގެ ބައެއް ވެރިން އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލައިގައި ސަރުކާރާ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއިލްވެސް ވަނީ މައްސަލަ ބެލުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން