ބްރޯޑްކާާސްޓިން ކޮމިޝަން--
ބްރޯޑްކާާސްޓިން ކޮމިޝަން--
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމަށް އައިމިނަތު ސަރާޙަތު އިއްޒަތު އާއި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުالله (މުހައްމާ) އައްޔަނުކޮށްފި އެވެ.

އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަނުކުރަން މަޖިލީހުން ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އަދި އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަނުކުރެއްވިކަން ބްރޯޑްކޮމްއިން ރޭ ވަނީ ކަށަވަރުކޮށްދީފަ އެވެ.

ސަރާހަތާއި މުހައްމާ ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަނުކުރި އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކޮމިޝަނަށް އައްޔަނު ކުރުމަށް މަޖިލީހަށް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒްގެ ނަން މަޖިލީހުގެ ތަޅުމަށް ހުށައެޅޭ މިންވަރަށް ކޮމިޓީ މަރުޙަލާގައި މާކްސް ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން