ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރުގެ މަގާަމުގައި ހުންނެވި ސަފާ ޝަފީގު އައްޔަނުކުރައްވައިފި އެވެ.
ސަފާ އެ މަގާމަށް އައްޔަނުކުރެއްވީ އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި މިއަދު ނެގި ވޯޓަކުން ނެވެ.
ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ސަފާ ވަނީ ސޯޝަލް ޕޮލިސީއިން މާސްޓާސް ޑިގްޜީ ވެސް ހާސިލުކުރައްވައިފަ އެވެ.
ސަފާ އެ މަގާމަށް އައްުޔަނުކުރުމުގެ ކުރިން ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައިމިނަތު ސަރާޙަތު އިއްޒަތު އާއި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުالله (މުހައްމާ)ވެސް އިއްޔެ ވަނީ އައްޔަނުކޮށްފަ އެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގެ ނާއިބު ރައީސްގެ މަގާމުގައި މިހާރު ހުންނަވަނީ މުހައްމަދު ފަޒީން އެވެ. އޭނާގެ އިތުރުން އެ ކޮމިޝަންގައި ދެން ތިއްބާ މެމްބަރުންގެ ތެރޭގައި ޝިފްލާ އިބްރާހިމް، އައިމިނަތު ނުޒުހާއާއި އައިމިނަތު އަމީނާ ހިމެނިވަޑައިގަންނަވަ އެވެ.

ކިޔުންތެރިންގެ ހިޔާލު