ރާއްޖޭގައި ރާހި ބަލަން އުޅުނު ބަޔަކު އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ބުނީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަންއެއްގައި ގަވައިދާ ހިލާފަށް ރާހި ބެލުމުގެ ކަންކަން ކޮށްދެމުން އައި އިންޑިއާގެ ތިން މީހަކު އަތުލައިގެންފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ 18، 24 އަދި 39 އަހަރުގެ މީހުން ނެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އެ މީހުން މިހާރު ތިބީ އެ އިދާރާގެ ބެލުމުގެ ދަށުަގަ އެވެ. އަދި އެ ތިން މީހުން ޑީޕޯޓްކުރުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ރާހި ބަލައިދޭ ތިން އިންޑިއާގެ މީހަކު އަތުލައިގަތްއިރު "މާސްޓަރ ދުރްގާ ރާއޯ ގުރުޖީ" ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްދޭ މައްސަލައެއް ވެސް އިއްޔެ ފެންމަތިވި އެވެ.
ފުލުހުން އިއްޔެ ބުނީ އެ މައްސަލަވެސް ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު