އެމްޑީޕީން މި މަހުގެ 31 ވަނަ ދުވަހު ބާއްވާ ބޮޑު އިހުތިޖާޖާ، ސިވިލް ސާވަންޓުން، ގުޅެން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ގޮވާލައްވައިފި އެވެ.
ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި އާޒިމް ވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ވަންދެން އެމްޑީޕީގެ ފަހަތުގައި ތިބެެގެން މަގުތަކަށް ނުކުތުމަށް ގޮވާލައްވައިފަ އެވެ.
އެހެން ނޫން ނަމަ އަޅުގަނޑުމެން އުޅޭނީ ދަތި އުނދަގުލުގައި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މާާލޭގެ މަގުތަކަށް ނުކުންނަން ޖެހޭ މީހުންގެ މައްޗަށް އަލި އަޅުވާލައްވައި އާޒިމް ވިދާޅުވީ އޭގެން އެންމެ ފުރަތަމަ ބަޔަކީ ސިވިލް ސާވަންްޓުން ކަމަށެވެ.
އަދި ސިވިލް ސާވަންޓުން މުސާރައަށް ވުރެ ސިޔާސީ މުވައްޒަފުންގެ މުސާރަ އެތައް ގުނައެއް ބޮޑުކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ސަރުކާރުގެ އިސްރާފު ކުޑަކުރުމަށްޓަކައި ސިޔާސީ މުވައްޒަފުން ވަކި ކުރަން ޖެހޭ ކަމަށެވެ.
"ސިވިލް ސާވިސް މުވައްޒަފުން އަޅުގަނޑުމެންނާއެކު މި މަހުގެ 31 ވަނަ ދުވަހު ނުކުންނަންވީ، އަޅުގަނޑުމެންނާއެކު ނުކުމެ ބުނެދޭންވީ ތިމަންނަމެންގެ މުސާރަ ބޮޑުކޮށްފަ ސިޔާސީ މީހުންގެ މުސާރަ ކުޑަކޮށްދޭށޭ. އަޅުގަނޑުމެންނާއެކު ނުކުންނަންވީ. އަޅުގަނޑުމެންގެ ލޮަލަށް ޕެޕާ ސްޕްރޭ ޖަހާފަ އަޅުގަނޑުމެންގެ ގައިގައި އެ ބުނާ މުގުރެއް ޖައްސާފަ ނޫނީ ތިބޭފުޅުންގެ ގައިގައި ނުޖެހޭނެ. އަޅުގަނޑުމެން ތިބޭނީ ކުރީގައި. މިއީ ހައްގު މިންވަރު ދިވެހި ރައްޔިތުންނަށް ހޯދައިދޭން ނުކުތް ޕާާޓީއެއް." އާޒިމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު