އިމިގްރޭޝަނުން ކުރިން ބެލި ބިދޭސީން އުޅޭ ތަންތަން އަލުން ބަލައި ފާސްކުރަން ފަށައިފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ބުނީ އެ އިދާރާގެ ޓާސްކުފޯހުން މިދިއަ އަހަރު ބަލައި ފާސްކުރި ތަންތަނުގައި މިހާރު ބިދޭސީން އުޅެމުންދަނީ ސައްހަ ވިސާއަކާއެކު ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން އިއްޔެ ބަލައި ފާސްކުރި ދެ ތަނުގައި ވެސް މިހާރު ގަވާއިދާ ހިލާފަށް ބިދޭސީން ނޫޅޭކަން ކަށަވަރުުކުރެވިފައިވާ ކަމަށް އިމިގްރޭޝަންއިން ބުނެފައި ވެއެވެ.
ބަލައި ފާސްކުރާ ތަންތަނުގައި ބިދޭސީން ދެވަނަ ފަހަރަށް ވެސް ގަވައިދާާ ހިލާފަށް އުޅުމަކީ ކުރިން ވަރަށް އާންމު ކަމެކެވެ.
ހާއްސަކޮށް މާރުކޭޓް ގޮޅިތަކުގައި ގަވައިދާާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރީ ސަރުކާރުގައި އޮޕަރޭޝަންތައް ހިންގިއިރު އަތުލައިގަންނަ ބިދޭސީން ކުޑަ ދުވަސްކޮޅެއް ފަހުން ހަމަ އެ ގޮޅިތަކުން ފެނެއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އޮޕަރޭޝަންތައް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ 5000އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ޑީޕޯޓްކޮށްލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު