އަހުޒަމް އަޙްމަދު   24 ޖެނުއަރީ 2025 - 16:59
އިމިގްރޭޝަން
އިމިގްރޭޝަން
ހޮނިހިރު ދުވަހުވެސް ޕާސްޕޯޓް ދޫކުރަން އިމިގްރޭޝަނުން ނިންމައިފިއެވެ.

އިމިގްރޭޝަންއިން މިއަދު އެކްސްގައި ބުނީ މާދަމައިން ފެށިގެން މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަންގެ 03 އޮފީހަކުން ކޮންމެ ހޮނިހިރު ދުވަހަކު ވެސް ޕާސްޕޯޓު ދޫކުރާނެ ކަމަށެވެ.

ޕާސްޕޯޓް ދޫކުރަން ނިންމާފައިވަނީ ވެލާނާގޭގައި ހުންނަ އިމިގްރޭޝަންގެ މާލޭގެ އޮފީހުންނާއި ހުޅުމާލޭގައި ފޭސް އެކެއްގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގާއި ހުންނަ އިމިގްރޭޝަން އޮފީހުންނާއި ފޭސް ދޭއްގެ ވިނަރެސްގައި ހުންނަ އިމިގްރޭޝަންހެ އޮފީސް އިމާރާތުންނެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން މުހައްމަދު ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެއްގޮތަށް، ހިދުމަތް ދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް އަދި ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

"މީގެއިތުރުން، މެޑިކަލް އެމަރޖެންސީގައި ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ކުރިއެކޭ ވެސް އެއްގޮތަށް 24/7 ހިދުމަތް ލިބިލައްވާނެ"ޝަމްއާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން