މިދިޔަ އަހަރު ލިބުނު ދަޢުލަތަށް ލިބުނު ހުރިހާ ލާރިއެއް ޚަރަދުކުރީ ފުށިދިއްގަރު ފަޅަށާއި ޑްރޯން ގަތުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިގެން މި ދިޔަ ދެ މަސްދުވަހުގެ ތެރޭގައި ހިއްކުނީ 40 ހެކްޓަރުގެ ބިންކަމަށް ރާއްޖޭގެ މީޑިއާއަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ވައްޑެ ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ދަޢުލަތަށް ލިބުނު ހުރިހާ ފައިސާއެއް ޚަރަދު ކޮށްފައިވަނީ ފުށިދިއްގަރު ފަޅަށް ކަމަށެވެ. އޭގެއިތުރުން ދެން ޚަރަދު ކޮށްފައިވަނީ ޑްރޯން ގަތުމަށް ކަމަށް ވައްޑެ ވިދާޅުވިއެވެ.
ނަމަވެސް އެކަމުން ރައްޔިތަކަށްވީ ފައިދާއެއް ނުފެންނަ ކަމަށް ވައްޑެ ވިދާޅުވެފައިވެއެވެ.
“ދެވަނަ އަހަރަށް އެޅިއިރުވެސް ފަޅު ހިކޭތަނެއް ނުފެނޭ. ޑްރޯން އުދުހޭތަނެއްވެސް ނުފެނޭ. ހުރިހާ ދައްޗާ ގެއްލުން ރައްޔިތުންނަށް.” ވައްޑެ ވިދާޅުވިއެވެ.
އޭގެއިތުރުން ވައްޑެ ވިދާޅުވީ ކޮންމެ އަހަރަކުވެސް މާލީ ވަޒީރު ބަޖެޓު ހުށައަޅާއިރު ކުރިޔަށް އޮތް އަހަރު ރައްޔިތުން ފުދުންތެރިވާނެ ކަމުގެ އުންމީދު ދޭ ކަމަށެވެ. ނަމަވެސް އަހަރު ނިމޭއިރު، އަންދާޒާ ކުރިވަރުގެ އާމްދަނީ ނުލިބި، ރައްޔިތުން އިތުރަށް ބިކަވެ ޚަރަދު އޮންނާނީ ހުށައެޅި ވަރަށްވުރެ މާ ބޮޑުވެފައިކަމަށް ވައްޑެ ވިދާޅުވިއެވެ.
ވައްޑެ މިހެން ވިދާޅުވެފައިވާއިރު 2023 ޑިސެމްބަރު 18 ގައި ފެށި ރަސްމާލޭގެ ހިއްކުމުގެ މަސައްކަތް ފުރަތަމަ ކުރިއަށް ގެންދިޔައީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ ހަވާލުކޮށްގެންނެވެ.
ބިން ހިއްކުމުގެ ބަދަލުގައި ދިގު މުއްދަތަށް ބިންތަކެއް ލިބޭ ގޮތަށް ފެށި މި މަސައްކަތް ވަކިހިސާބަކުން ހުއްޓި ފުރަތަމަ ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އެގޮތުން 8 މަސް ދުވަހުން އެކުންފުންޏަށް ހިއްކުނީ އެންމެ 29 ހެކްޓަރެވެ. އެއީ މުޅި މަޝްރޫއުގެ 2.5 ޕަސެންޓެވެ.
އޭގެފަހުން މިމަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމަށް، ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން ލޯނެއް ނަގައިގެން ބިން ހިއްކުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އާ އެވެ.

ކޮންމެ އަހަރަކު މާލީ ވަޒީރު ބަޖެޓު ހުށައަޅާއިރު ހީވާނީ ފެށޭ އަހަރު ރައްޔިތުން ފުދުންތެރިވެގެން އުދުހޭނެ ހެންނެވެ. އަހަރު ނިމޭއިރު، އަންދާޒާ ކުރިވަރުގެ އާމްދަނީ ނުލިބުނަސް، ޚަރަދު އޮންނާނީ ހުށައެޅި ވަރަށްވުރެ މާ ބޮޑުވެފައެވެ. އެކަމު ރައްޔިތުންނަށް ލިބެނީ އިތުރު ބިކަކަމެވެ.
— Waddey (@waddey_) January 24, 2025
ވައްޑެ މިހެން ވިދާޅުވެފައިވާއިރު 2023 ޑިސެމްބަރު 18 ގައި ފެށި ރަސްމާލޭގެ ހިއްކުމުގެ މަސައްކަތް ފުރަތަމަ ކުރިއަށް ގެންދިޔައީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ ހަވާލުކޮށްގެންނެވެ.
ބިން ހިއްކުމުގެ ބަދަލުގައި ދިގު މުއްދަތަށް ބިންތަކެއް ލިބޭ ގޮތަށް ފެށި މި މަސައްކަތް ވަކިހިސާބަކުން ހުއްޓި ފުރަތަމަ ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އެގޮތުން 8 މަސް ދުވަހުން އެކުންފުންޏަށް ހިއްކުނީ އެންމެ 29 ހެކްޓަރެވެ. އެއީ މުޅި މަޝްރޫއުގެ 2.5 ޕަސެންޓެވެ.
އޭގެފަހުން މިމަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމަށް، ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން ލޯނެއް ނަގައިގެން ބިން ހިއްކުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އާ އެވެ.
ކިޔުންތެރިންގެ ހިޔާލު