އިމިގްރޭޝަން އޮފިސަރުން ޚިދުމަތުގައި
އިމިގްރޭޝަން އޮފިސަރުން ޚިދުމަތުގައި
އާއްމު މަސްލަހަތު ގެއްލޭފަދަ ޢަމަލުތައް ހިންގާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ނިކުމެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ރޭ ބުނެފައިވަނީ އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެހެންކަމުން އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން އެ ސަރަހައްދުތައް މޮނިޓަރކުރަން ފަށާފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެވެ.

“އާއްމު މަސްލަހަތައް ނުރައްކާވާފަދަ މިފަދަ އަމަލުތައް ތަކުރާރުވިއަ ނުދިނުމަށްޓަކައި މި ހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި.” އިމިގްރޭޝަނުން މަޢުލޫމާތުދީފައިވެއެވެ.

އޭގެ އިތުރުން އިމިގްރާޝަނުން ބުނެފައިވަނީ މި ހަރަކާތްތައް ކުރިއަށްދާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްަސަލައެއް ފާހަގަވެއްޖެނަމަ ޓާސްކުފޯހުން އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އާއްމު މަސްލަހަތު ގެއްލޭފަދަ ޢަމަލުތައް ހިންގާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާއިރު ހަފްތާ ބަންދުގައި ބިދޭސީން އެއްވާ ސަރަޙައްދުތަކުގައި ހިނގާ ހަމަނުޖެހުންތައް އިތުރުވެ ބައެއް ބިދޭސީން މިހާރުވަނީ ޑީޕޯޓް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން