ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް، ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް، ރީކޯ މޫސާ މަނިކު
އަންހެން ކަނބަލުން ގޭގައި ވިޔަފާރި އުސޫލުން ކާބޯތަކެތި ތައްޔާރުކުރުމަށް ޤާނޫނުން ލުއިދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވީ އޮންލައިންކޮށް ކާބޯތަކެތި ވިއްކާނަމަ ރަޖިސްޓްރީކުރަން އެޗްޕީއޭއިން އެންގުމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އެޗްޕީއޭއަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. ރެސްޓޯރެންޓް އެސޯސިއޭޝަންގެ ފިއްތުންތަކާއެކު އެޗްޕީއޭ އިން ނިންމި މި ނިންމުމަކީ ކޯވިޑް-19 ގެ މި ދަނޑިވަޅުގައި ރައްޔިތުންގެ އާމްދަނީއަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް ބުނެ ސޯޝަލް މިޑިއާގައި ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިޔަފާރީގެ ބާޒާރުގައި ކަނބަލުންގެ ހިއްސާ ބޮޑުވާނީ އަލަށް ފަށާ ވިޔަފާރިތަކަށް ޤާނޫނުން ލުއިދީގެން ކަމަށެވެ.

"ޤާނޫނުން ލުއިދީގެން، ކާބޯތަކެތި ގޭގައި އަމިއްލަޔަށް އުފައްދައިގެން ވިއްކުމަކީ މައްސަލައެއްނޫން، މައްސަލައަކަށް ވާނީ އަންހެން ވިޔަސް ފިރިހެންވިޔަސް ރަޖިސްޓަރީ ކޮށްފަ ބަންގާޅީން ހިންގާނަމަ." މޫސަ ވިދާޅުވިއެވެ.



މޫސަ އިތުރަށް ވިދާޅުވީ މައްސަލައަކަށްވަނީ ދިވެހިންގެ ނަމުގައި ރަޖިސްޓްރިކޮށްގެން ބިދޭސީން ވިޔަފާރި ހިންގާތީ ކަމަށެވެ.

އެޗްޕީއޭ އިން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އެޖެންސީ އާއި ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގާ، ގަވާއިދާ ހިލާފަށް ރަޖިސްޓްރީނުކޮށް، ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތްތައް ދެމުން ގެންދާކަން ފާހަގަވެފައިވާ ކަމަށާއި، އެގޮތުން ރަޖިސްޓްރީ ނުކުރާ ބަދިގެ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި، ފިހާރަތަކާއި ގޭގޭގައި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް ހަދައިގެން އޮންލައިން ޕްލެޓްފޯމްތަކުގައާއި އެހެނިހެން ގޮތްގޮތަށް އިޝްތިހާރުކޮށް ޑެލިވަރީގެ ހިދުމަތް ދެމުންގެންދާކަމުގެ މައުލޫމާތާއި ޝަކުވާ އެ އެޖެންސީއަށް ލިބެމުން އަންނަ ކަމަށެވެ.

އެހެންކަމުން އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނެގުމަށް އެޗްޕީއޭގެ އިއުލާނުގައިވެއެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެޗްޕީއޭގެ އިއުލާނަކީ އެ ޖަމިއްޔާއިން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ބުނެފަ އެވެ. އެޗްޕީއޭއާ އެކު މިދިޔަ މަހު 22 ގައި ބޭއްވި ބައްދަލުވުމެއްގައި އެ ޖަމިއްޔާއިން މި ކަމުގެ ޝަކުވާ ވަނީ ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން