ރާއްޖޭގެ ބާޒާރުގައި ’މަކިޓާ‘ގެ ފޭކު އުފެއްދުންތަކެއް ވިއްކާތީ ސަމާލުވުމަށް އެސްޓީއޯއިން އިލްތިމާސްކޮށްފިއެވެ.

'މަކިޓާ'ގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކާ އެސްޓީއޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ "މަކިޓާ" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވެފައިވާއިރު، ބާޒާރުގައި ނަކަލު ނުވަތަ ފޭކް އުފެއްދުންތައް ދައުރުވަމުންދާކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެސްޓީއޯއިން ބުނީ ބާޒާރުގައި ދައުރުވަމުންދާ މި ބްރޭންޑުގެ އަސްލު ނޫން އުފެއްދުންތަކަކީ ކަސްޓަމަރުންނަށް އޭގެ ބޭނުން އެދެވޭ ގޮތުގައި ހިފޭނެކަމުގެ ޔަގީންކަން ނެތް، ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއް ނެތް އުފެއްދުންތަކެއް ކަމަށެވެ.

ފޭކު ތަކެތި ބޭނުންކުރުމުން އޭގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް އުފެއްދުންތައް ގަތުމުގެ ކުރިން އެ އުފެއްދުންތަކަކީ އޮރިޖިނަލް އުފެއްދުންތައްކަން ކަށަވަރުކުރުމަށް ފަހު ނޫނީ ނުގަތުމަށް އެސްޓީއޯއިން އިލްތިމާސްކޮށްފައިވެ އެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އައުޓްލެޓްތަކުންނާއި ކުންފުނިން ހުއްދަ ލިބިފައިވާ އޭޖެންޓުން މެދުވެރިކޮށް "މަކިޓާ" ބްރޭންޑުގެ އޮރިޖިނަލް އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އެ ބްރޭންޑުގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށް، އެސްޓީއޯ ސަރވިސް ސެންޓަރުން އާފްޓަރ ސޭލްސް ހިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯ އިން ނުވަތަ އެސްޓީއޯގެ ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ގަންނަ މަކިޓާ ބްރޭންޑުގެ އުފެއްދުންތަކަށް އެކަނި ކަމަށެވެ.

"މަކިޓާ ބްރޭންޑުގެ އުފެއްދުންތަކުގެ އަސްލުކަން ކަށަވަރުކުރުމަށް އެހީތެރިކަމެއް ބޭނުންފުޅުވާ ނަމަ، އެސްޓީއޯ "މަކިޓާ" ޝޯރޫމަށް ވަޑައިގެންދެއްވުން އެދެން." އެސްޓީއޯގެ ބަޔާނުގައި ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން