ކުރިޔަށް އޮތް ރޯދަމަހަށް ހާއްސަކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބޮޑު ސޭލްއެއް ފަށައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ”ރޯދަ ސޭލް“ ފައްޓަވައި ދެއްވީ އެސްޓީއޯގެ ޑިރެކްޓަރ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް މުހައްމަދު އީމާން އާއި ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު ޒައިދު މުހައްމަދެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ސޭލްގައި ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ޕްރޯމަޝަންގައި ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަންގައި ނިޕޯން ޕެއިންޓާއި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ހާއްސަ ޑިސްކައުންޓް ވެސް ކަސްޓަމަރުންނަށް ލިބޭނެ އެވެ. އެގޮތުން ނިޕޯން ޕެއިންޓުން 20 އިންސައްތަ އަދި މަކިޓާގެ ޕްރޮޑަކްޓްތަކުން 50 އިންސައްތަ ޑިސްކައުންޓް ލިބޭނެ އެވެ.

މި އަހަރުގެ މި ޕްރޮމޯޝަންގެ އެންމެ ހާއްސަ ކަމަކީ އެސްޓީއޯއާ އެކެ ވެލިގާ ހާޑްވެއާ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމެވެ. އެގޮތުން މި އަހަރު ބޮޑު އިނާމުގެ ގޮތުގައި، 50،000ރ. ގެ އަގުހުރި މުދާ ނަސީބުވެރިއަކަށް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ އެ ކުންފުނީގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓްތަކުގަ އާއި ވެލިގާ ހާޑްވެއާގެ އައުޓްލެޓްތަކުގައި ކަމަށެވެ. އަދި އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުގައި ވެސް ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން