ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކު ފްލެޓުތަކުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ޙަސަން މަމްދޫހުގެ އަމަލުތައް ހުރިގޮތުން އެ މައްސަލައިގެ ޝަރީއަަތް ކުރިއަށް ގެންދަން އުނދަގޫވާކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވެއްޖެއެވެ.
ގާޒީ މިހެން ވިދާޅުވީ މިއަދު ބޭއްވި އަޑުއެހުމަށް މަމްދޫހު ވަކީލަކާ ނުލާ ހާޒިރުވެފައިވާތީއެވެ. އެކަމާމެދު ގާޒީ ސުވާލު ކުރެއްވުމުން މަމްދޫޙު ބުނެފައިވަނީ އޭނާގެ ވަކީލުން މައްސަލައިން ވަކިވެފައިވާ ކަމަށެވެ. އަދި މައްސަލައިގެ ޝަރީއަތާއިގެން ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށްވެސް މަމްދޫހު ވަނީ ބުނެފައެވެ.
އަދި މިއަދު ބޭއްވި އަޑުއެހުމަށް ވަކީލަކާ ނުލައި ހާޒިރުވީ ވަކީލަކު އައްޔަނު ކުރުމުގެ ތަނަވަސްކަން ނެތުމުން ކަމަށާއި، މިހާރު އެކަން އާއިލާއިން ކުރަމުންދާކަމަށްވެސް މަމްދޫހު ބުނެފައިވެއެވެ.
މިކަމާ ގުޅުވައިގެން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އަޑުއެހުމުގައި ދުރާލާ ޗިޓް ފޮނުވިފައިވާ ކަމަށާއި، އެހެންކަމުން ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތުވެސް ދެވިފައިވާ ކަމަށެެވެ. އަދި ޝަރީއަތް ކުރިއަށް ގެންދަން ދަތިވާގޮތަށް މަމްދޫހު އަމަލުކުރަމުންދާކަން ފާހަގަ ކުރެވޭކަމަށްވެސް ގާޒީ ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ގާޒީ ވަނީ އިރުޝާދު ދެއްވާފައެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ މަމްދޫޙުގެ އެދުމުގެ މަތިން ވަކީލަކު އައްޔަނު ކުރުމަށް އަނެއްކާވެސް ފުރުސަތެއް ދެއްވާފައެވެ.
ކޭ-ޕާކު މައްސަލައިގައި ޝަރީއަތުން ދައުވާ އުފުލާފައިވަނީ މަމްދޫހުގެ އިތުރުން ޖައިޝާން ސައީދުގެ މައްޗަށެވެ. އެގޮތުން މަމްދޫހުގެ މައްޗަށް 104 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވާއިރު، ޖައިޝާންގެ މައްޗަށް 97 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ.
މިއަދު ބޭއްވި އަޑުއެހުމަކީ މި މައްސަލައިގެ އިފްތިތާހީ ބަޔާން ހުށަހަޅައި، ޝަރީއަތް ފެށުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން އެންމެ ފުރަތަމަ ދައުލަތުން ވަނީ އިފްތިތާޙީ ބަޔާން އިއްވާފައެވެ. އަދި އެއަށްފަހު ޖައިޝާންގެ ފަރާތުންވެސް އިފްތިތާޙީ ބަޔާން އިއްވާފައިވެއެވެ. މި މައްސަލާގައި ދެން އޮންނާނީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 7 ހެއްކެއްގެ ހެކިބަސް ނެގުމަށް މަސައްކަތް ކުރައްވާނެކަމަށް ގާޒީ ފާހަގަ ކުރެއްވިއެވެ.
މި މައްސަލާގައި ހައިކޯޓުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިންކަމުގެ ދައުވާއާއި، ޓެކުމާއި، ޓެކުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ ހިމެނެއެވެ. އަދި މީގެ އިތުރުން މަނީ ލޯންޑްރިންގއާއި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާތަކެއް ހިމެނެއެވެ.
ކޭޕާކް މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭއެވެ.
މަންޑޭ ވަނީ ކޭޕާކުގެ 41 އެޕާޓްމަންޓް 107 މީހުންނަށް ވިއްކުމުގެ ނަމުގައި މީހުންގެ އަތުން އޮޅުވާލައިގެން މަކަރާ ހީލަތުން އެތައް ފައިސާއެއް ނަގާފައިކަމަށް ހަމްބޯ ކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު