ގެދޮރުވެރިޔާ/ ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގާ ޖިނާއީ ތަހުގީގާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސަސްޕެންޑުކުރި ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީގެ އިސް މެނޭޖްމަންޓުގައި ހިމެނޭ ބައެއް މުވައްޒަފުންނާ އެކު، އެ މައްސަލައާ ގުޅިގެން 15 މުވައްޒަފަކު ސަސްޕެންޑު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އޭގެ ފަހުން އެ މަހު ވަޒީފާ އިން ވަކިކޮށް، ތިން ދުވަސް ފަހުން އެ މީހުންގެ ވަޒީފާ އިޔާދަކޮށް އަލުން ސަސްޕެންޑުކުރި އެވެ.
މިއަދު އެޗްޑީސީން ބުނީ ތަހުގީގަށް ބަލައި ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އިތުރު ތަފުސީލެއް އަދި އެ ކޯޕަރޭޝަނުން ހާމައެއް ނުކުރެއެވެ.
ސަސްޕެންޑުކުރި 15 މުވައްޒަފުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެންމެންނަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ ޑިސެމްބަރު މަހު އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދުގެ ވަރަށް ގާތް މީހުން ކަމަށް ވެއެވެ.
އެޗްޑީސީން ފަޒުލް ރަޝީދު އިސްތިއުފާ ދީފައި ވަނީ ބިންވެރިޔާ ސްކީމްގެ ޝަރުތު ހަމަނުވަނީސް ފަޒުލްގެ ބޭބެ އެމްޑަބްލިއުއެެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިން މައްސަލަ ފަޅާ އެރުމާ ގުޅިގެން، އޭސީސީ އާއި ފުލުހުން ބޮޑު ތަހުގީގެއް ފެށުމުންނެވެ.
މި މައްސަލައިގައި ފަޒުލްއަށް ކުރަނީ އެޗްޑީސީގެ ލިޔެކިޔުންތަކެއް ނައްތާލި ކަމުގެ ތުހުމަތެވެ.

ކިޔުންތެރިންގެ ހިޔާލު