މާލޭގެ ގެެެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ، މ. ނިއުޕްލާޒާގައި އަލިފާން ރޯވެފައިވާކަމުގެ ރިޕޯޓު މިރޭ 7:11 އެހާއިރު ލިބިފަައިވާ ކަމަށެވެ.
އެތަނުގައި ރޯވި އަލިފާން ނިއްވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ހަނދުވަރީ ހިނގުމާއި ބުރުޒު މަގަށް ވާގޮތަށް ހުންނަ އެ އިމާރާތުގައި މިހާރު މީހުން އުޅޭ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އެއީ ވަރަށްބޮޑަށް ބާވެފަައިވާ އިމާރާތެއްކަން ފާހަގަކުރެވެއެވެ.
މި އިމާރާތުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާކަމަށް އެމްއެންޑީއެފުން މިރޭ 8:14 ހާއިރު ވަނީ ބުނެފައެވެ. އަލިފާންގަނޑު ނިއްވާލެވުނުނަމަވެސް އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު