ޤާސިމް އިބްރާހިމް އާއި އަބްދުލް ރަހީމް- ފޮޓޯ: ސޯޝަލް މީޑިއާ
ޤާސިމް އިބްރާހިމް އާއި އަބްދުލް ރަހީމް- ފޮޓޯ: ސޯޝަލް މީޑިއާ
ރާއްޖެއަށް ޒަމާނީ ޑިމޮކްރެސީ އާއި މިނިވަންކަން ހޯދުމަަށް ޖުމްހޫރީ ޕާޓީގެ ލީޑަރ، އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ޖާނާ މާލުން ގިނަ ގުރުބާނީތަކެއް ވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހްމާނު، އައްދު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އައްދު ވިދާޅުވީ ޤާސިމަކީ މިގައުމަށް ތަފާތު އެކި ރޮނގުތަކުން ހިދުމަތް ކޮށްދެއްވާފައިވާ އިޚުލާސްތެރި އަގުހުރި ދިވެހި ދަރިއެއް ކަމަށެވެ.

އެގޮތުން ތައުލީމާއި، ސިއްހަތާއި، ތަރައްޤީއާއި ތަހުޒީބުގެ އިތުރުން ޒަމާނީ ޑިމޮކްރެސީ އާއި މިނިވަންކަން މި ގައުމަށް ހޯދައިދިނުމަށް ގާސިމް ޖާނާއި މާލުން ގުރުބާންވެ ވަޑައިގެންފައިވާ ކަމަށް އައްދު ވިދާޅުވިއެވެ.

އަދި ޤާސިމަކީ މިގައުމުގެ މިހާރުގެ ޖީލާއި، އަންނަން އޮތް ޖީލުގެ ދަރިންވެސް ފަހުރުވެރިވާން ޖެހޭ ފަދަ ދިވެރި ދަރިއެއް ކަމަށްވެސް އައްދު ވިދާޅުވިއެވެ.

މީގެ އިތުރުން އައްދު ވަނީ މިގައުމަށްޓަަކައި ޤާސިމް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުތައްވައި، ޝުކުރު އަދާކުރައްވާފައެވެ.



އައްދު މިހެން ވިދާޅުވެފައިވާއިރު، ޤާސިމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ފޮތް ރޭގައި ވަނީ ނެރެފައެވެ. ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ މި ފޮތުގައި ފޮޓޯ ސަފުހާތަކާއެކު، 800 އަށްވުރެ ގިނަ ސަފުހާ ހިމެނެއެެވެ.

އަދި ފޮތުގައި ގާސިމްގެ ހަޔާތްޕުޅުގައި ކުރިމަތިލައްވަން ޖެހިވަޑައިގަތް މައިގަނޑު ހުރިހާ ކަންކަން ވަނީ ތަފްސީލްކޮށް ބަޔާންކޮށްދީފައެވެ. އެގޮތުން ޤާސިމް ހޯއްދެވި ކާމިޔާބީތަކާއި ނާކާމިޔާބީތަކާއި ދަރުމަވެރި ޚިދުމަތްތަކާއި ވިޔަފާރިއާއި އިޖުތިމާއީ މަސައްކަތްތައް އެފޮތުގައި ހިމެނެއެވެ.

އަދި އެމަނިކުފާނުގެ އާއިލީ ދިރިއުޅުއްވުމާއި ސިޔާސީ ގޮތުން ރާއްޖެއަށް އައިސްފައިވާ ބަދަލުގައި އެމަނިކުފާނު ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތް ކަންތައްތައް ތަފުސީލީ ގޮތެއްގައި އެފޮތުގައި ވަނީ ހިމަނާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން