ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އަލްމަރުޙޫމް ޙުސައިން މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އަލްމަރުޙޫމް ޙުސައިން މުޙައްމަދު
އަލްމަރުޙޫމް ހުސެއިން މުޙައްމަދު އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ޢާއިލާއަށް ރައްޔިތުންގެ މަޖިލީހުން ތަޢުޒިޔާ ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ހުސެއިން މުޙައްމަދު އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސާއި މެންބަރުންގެ ފަރާތުން ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

އަލްމަރުހޫމް ހުސައިން މުހައްމަދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ އއ އަތޮޅުގެ މެމްބަރުކަން 2005 ވަނަ އަހަރުން ފެށިގެން، 2009 އަހަރަށް ކުރަށްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރުކަން، 2009 އިން ފެށިގެން 2019 އަށް އެމަނިކްފާން ވަނީ ކުރަށްވާފައެވެ.

ޙުސައިން މުޙައްމަދު ވަނީ، މިހާރު އަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އެކުލަވާލުމަށް އިންތިހާބުކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރަށްވާފައެވެ.

ހުސައިން މުހައްމަދު އަވަހާރަވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ދަނިކޮށްށެވެ.

ހުސައިން މުހައްމަދު ވަނީ ސިޔާސީ ދައިރާގައާއި ނޫސްވެރިކަމާއި ތަޢުލީމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރަށްވާފައެވެ. ޙުސައިން މުޙައްމަދު އަވަހާރަވީއިރު ޢުމުރުފުޅަކީ 71 އަހަރެވެ.

ހުސައިން މުހައްމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ 18:45 ގައި މަސްޖިދު ތަޢާވުން (އާސަހަރާ) މިސްކިތުގައި އޮންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން