ސިނަމާލެ ބުރިޖު
ސިނަމާލެ ބުރިޖު
ބުރިޖު މަތިން ފުންމާލި މީހަކު, ފުލުހުން ސަލާމަތްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެކަން ހިނގީ މިއަދު ހެނދުނު ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި އެ މީހާ ސަލާމަތްކުރި އިރު ފުލުހުން ތިބީ ޔުނީފޯމްގަ އެވެ.

އަދި ދެ ފުލުހަކު ވެގެން އެ މީހާ ސަލާމަތްކުރަން އުޅޭ މަންޒަރު ފެނެއެވެ.

ނަމަވެސް ސަލާމަތްކުރީ އަންހެނެއް ކަމެއް ފިރިހެނެއްކަމެއް ވެސް ވީޑިއޯއަކުން ސާފެއް ނުވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން