އެމްޕީއެލްގެ މެނޭޖްމެންޓްގެ ބައެއް އިސްވެރީން ސެކިއުރިޓީ ޑިޕާޓްމަންޓްގެ މުޙައްމަދު އައިހަމް އާއި އަޙްމަދު އާތިފަށް ހިއްވަރުދެއްވަނީ
އެމްޕީއެލްގެ މެނޭޖްމެންޓްގެ ބައެއް އިސްވެރީން ސެކިއުރިޓީ ޑިޕާޓްމަންޓްގެ މުޙައްމަދު އައިހަމް އާއި އަޙްމަދު އާތިފަށް ހިއްވަރުދެއްވަނީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން ޕޯޯޓް ރެސިޑަންސްގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާނުގަނޑު ނިއްވާލުގައި އިސްރޯލެއް އަދާކުރި އެކުންފުނީގެ ދެ މުވަޒަފުންގެ އަގުވަޒަންކޮށް ހިއްވަރު ދެެއްވައިފިއެވެ.

ޕޯޯޓް ރެސިޑަންސްގެ އެޕާޓްމަންޓެއްގައި 11 މާރިޗު 2025 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާ ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އެވަގުތު އެ ސީނަށް ފުރަތަމަ އިޖާބަދިން އެމްޕީއެލްގެ ސެކިއުރިޓީ ޑިޕާޓްމަންޓްގެ ދެ މުވައްޒަފުން ކަމަށްވާ މުޙައްމަދު އައިހަމް އާއި އަޙްމަދު އާތިފެވެ.

އެ ހާދިސާގައި ބޮޑު ގެެއްލުމެއް ކުރިމަތިވުމުގެ ކުރިން އަލިފާންގަނޑު އިތުރަށް ފެތުރުނަނުދީ ކޮންޓުރޯލްކުރެވި އަލިފާންގަނޑު ނިއްވާލެވުނީ އެ ދެ މުވައްޒަފުންގެ ދެއްކި ހިތްވަރާއި، އަވަސް ހަރަކާތުގެ ސަބަބުންނެވެ.

އެމްޕީއެލްގެ މީޑިއާ ވަޓްސްއަޕް ގުރޫޕުގައި ހިއްސާކޮށްފައިވާ މެސެޖުގައި ބުނެފައިވާގޮތުގައި އައިހަމް އާއި އާތިފް ދެއްކި ހިތްވަރާއި ކުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުންފުނީގެ މެނޭޖްމަންޓްއިން އިއްޔެ ވަނީ އެ ދެ މުވައްޒަފުންނާއި ބައްދަލުކޮށް އެ ދެ މުވައްޒަފުން ކުރި އަގުހުރި ޚިދުމަތަށް މެނޭޖްމަންޓާއި މުވައްޒަފުންނާއި އަދި ޕޯޓް ރެސިޑަންސްގައި ދިރިއުޅެމުންދާ ހުރިހާ ފަރާތެއްގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ.

އަދި، މި އަލިފާން ނިއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ޕޯޓް ހިޔާ ކޮމެޓީގެ މެމްބަރ ނަވާޒް މުޙައްމަދު ސައީދާއި އެހެން ހުރިހާ މުވައްޒަފުންގެ ކުރި މަސައްކަތުގެ އަގު ވަޒަންކޮށް، އެފަރާތަށްވެސް މެނޭޖްމަންޓައި މުވައްޒަފުން އަދި ޕޯޓް ރެސިޑަންސްގައި ދިރިއުޅެމުންދާ އެންމެހައި ފަރާތްތަކުގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

އެމްޕީއެލްއިންވަނީ ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީވެސް މި ފަދަ ނަމޫނާ މުވައްޒަފުންނަށްވުމަށް އެދި އިލްތިމާސްކޮށް މިފަދަ ކަންކަމަށް އަބަދުވެސް އެ ކުންފުނިން ހިތްވަރުދޭ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން