ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގުޅިގެން ކުޑަގިރީގައި ތާރީހީ ޑައިވް ސައިޓެއް އިފްތިތާހުކޮށްފިއެވެ.
މާލެ ސަރަހައްދުގެ ޕިކްނިކް އައިލެންޑް، ކުޑަގިރީގެ ފަޅުތެރޭގައި މިއަދު އިފްތިތާހުކުރެވިގެން ދިޔަ މި މަޝްރޫއަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް އުޖާލާ މުސްތަޤްބަލެއް ހޯދުމަށް ޙިއްޞާކޮށްފައިވާ ވަޢުދު ތަމްސީލުކުރާ މަޝްރޫއެއް ކަމަށް އެޗްޑީސީން ބުންޏެވެ.
ޑައިވިން އަށް ރާއްޖެ އަންނަ ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ކުޑަގިރި ފަޅަށް ފައްތާފައި ވަނީ ކުރިން އެއާ މޯލްޑިވްސްގައި ބޭނުންކުރި ޑޯނިއާ ދެ މަތިންދާބޯޓެވެ.
މި ހަރަކާތް ފެށުމުގެ ކުރިން އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ވެސް ހަދާފައި ވެއެވެ. އަދި ނުރައްކާތައް ކުޑަކުރުމަށްޓަކައި، މަޝްރޫޢުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ރައްކާތެރިކަމާއެކު މަސައްކަތް ކުރުމުގެ އުސޫލުތައް ކިޔައިދީ ތަމްރީނުކުރުމަށްވެސް އީއައިއޭއިން ލަފާ ދީފައިވެ އެވެ.
ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަށް ޑައިވިން އަށް އަންނަ އިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި ހާއްސަ ޑައިވިން ސްޕޮޓްތައް ވެސް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު