ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް (ސީލައިފް) އާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދާފައިވާ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
މި އެއްބަސްވުމަކީ ސީލައިފްއާއި ހަވާލުކޮށް ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް ތަރައްގީކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ އެއްބަސްވުމެވެ. އެޗްޑީސީން މި އެއްބަސްވުން ބާތިލުކުރީ ސީލައިފުން އެއްބަސްވުމާއި ހިލާފަށް، އެ މަސައްކަތް ކުރިއަށް ނުގެންގޮސް ’ކްރެޑިޓް ސުއިޒް‘ ގެ ނަމުގައި ފޯޖްކޮށްފައިވާ ޕަރފޯމަންސް ގެރެންޓީއެއް ހުށަހަޅައި، އަދި އެތަކެއް ދިވެހި ރައްޔިތުންގެ އަތުން ފައިސާ ނަގާފައިވާ މައްސަލާގައެވެ.
2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެޗްޑީސީން މި އެއްބަސްވުން ބާތިލުކުރުމާއި ގުޅިގެން، އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުމާއި ޤާނޫނާ ހިލާފަށް ކަމުގައި ކަނޑައަޅައިދިނުމަށް އެދި، ސީލައިފްގެ ފަރާތުން ވަނީ އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓު ހުޅުމާލޭ ޑިވިޜަނަށް މައްސަލައެއް ހުށަހަޅާފައެވެ.
މި މައްސަލައިގައި ސީލައިފްގެ ފަރާތުން އެދިފައިވަނީ އެއްބަސްވުން ބާތިލުކުރި ކުރުމާއި ގުޅިގެން އެފަރާތަށް ގެއްލުމުގެ ބަދަލު ދިނުމަށް، އެޗްޑީސީގެ މައްޗަށް އަމުރުކުރުމަށެވެ. ނަމަވެސް 2025 މާރޗް 16 ވަނަ ދުވަހު ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނުންވަނީ، ސީލައިފާއި އެޗްޑީސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން އެޗްޑީސީން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ކަނޑައަޅައި، އެޗްޑީސީން ސީލައިފަށް މިކަމާއި ގުޅިގެން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމުގައި ކަނޑައަޅާފައެވެ.
އެޗްޑީސީން ބުނީ ސީލައިފް ޕްރޮޖެކްޓުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުންތަކާ ހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދުގައި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު