ބިންވެރިޔާ ސްކީމް މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އޮޑިޓެއްކޮށް، ފާހަގަވި މައްސަލަތައް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅައިފިއެވެ.
އެޗްޑީސީން ބުނީ ސަރުކާރުން ހިންގެވި 'ބިންވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭ އިރު އެއްބިމަކަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން ޢިމާރާތްކުރުމުގެ ހުއްދައަށް އެދި އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަން އިތުރަށް ބަލައި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
'ބިންވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރެވުނު ބިންތަކާއި ގުޅޭގޮތުން ޚާއްޞަ އޮޑިޓެއްކޮށް، އެ އޮޑިޓުން، 'ބިންވެރިޔާ' ސްކީމާ ގުޅޭ މިފަދަ އިތުރު މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ. އަދި އެ މައްސަލަތައް އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅާފައިވާ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
ކުރިއަށްއޮތް ތަނުގައިވެސް، މިފަދަ ކަންކަން ބަލައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެޗްޑީސީން ވަނީ ދީފައެވެ.
”މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ، ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ނަޒާޙަތްތެރިކަމާއެކު އެންމެ ފުރިހަމައަށް ފޯރުކޮށް ދިނުމަށެވެ.“ އެޗްޑީސީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު