ގއ. ކޮލަމާފުއްޓާ ގދ. ހޯޑެއްދޫ ބަނދަރުގެ މަސައްކަތުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު
ގއ. ކޮލަމާފުއްޓާ ގދ. ހޯޑެއްދޫ ބަނދަރުގެ މަސައްކަތުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު
ގއ. ކޮލަމާފުއްޓާ ގދ. ހޯޑެއްދޫ ބަނދަރުގެ ސަރވޭ، ޑިޒައިން އަދި އަލުން ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިނފްރާސްޓްރަކްޗަރ ގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. މަސައްކަތް ހަވާލުވި ހެވީ ފޯސް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒަމީރު އެވެ.

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 77 އިންސައްތަ ފަންޑް ކުރާ މި ދެ މަޝްރޫއުގެ ޖުމްލަ އަގަކީ 119.6 މިލިއަން ރުފިޔާއެވެ. ދިވެހި ސަރުކާރުގެ ބަޖެޓުން މި މަޝްރޫއަށް ޚަރަދު ކުރަނީ 23 އިންސައްތައެވެ.



މި މަޝްރޫގެ ދަށުން ގދ. ހޯޑެއްދޫ ހާބަރުގައި 148 މީޓަރުގެ ބޮޑު ހިލަ ބޭރު ތޮށްޓެއް ޖެހުމާއި، 310 މީޓަރު އެއްގަމު ތޮށްޓާއި، 04 ނެރު ބައްތި އާއި، 50 ބަނދަރު ބައްތި ޖަހާނެއެވެ. އަދި 1550 ސްކެއަރ މީޓަރ ޕޭވްމެންޓް ހަދައި، 8 މޫރިންގް ބްލޮކްސް ހަރުކޮށް، 71590 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން 2250 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި 652 މީޓަރ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން ގއ. ކޮލަމާފުށީގެ ހާބަރުގައި 548 މީޓަރުގެ ބޮޑުހިލަ ބޭރު ތޮށި ޖަހައި، 550 މީޓަރު އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވެއެވެ. އަދި 04 ނެރު ބައްތި ޖަހައި 28 ބަނދަރު ބައްތި ހަރުކުރުމާއެކު، 2750 ސްކެއަރ މީޓަރ ޕޭވްމެންޓް ހެދުމާއި، 12 މޫރިންގް ބްލޮކްސް ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.

ހަމައެއާއެކު 66330 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 5750 ކިއުބިކް މީޓަރ ނެރު ފުންކުރުމުގެ އިތުރުން 404 މީޓަރ ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތްތައް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން