"ބައިނަލްއަގުވާމީ އުފާވެރިކަމުގެ ދުވަސް" ފާހަގަ ކުރަން ރާއްޖެއިން ވެސް ތައްޔާރުވާން ފަށައިފި އެވެ.
ބައިނަލްއަގުވާމީ އުފާވެރިކަމުގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް މާރިޗް މަހުގެ 20 ގައެވެ.
މި ދުވަސް ފާހަގަ ކުރުމުގެ ގޮތުގައި މިއަދާއި މާދަމާ މާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ލޯކަލް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މި ދުވަސް ފާހަގަކުރުމަށް ބާއްވާ ޙަރަކާތްތަކުގެ ތެރޭގައި، ގިފްޓް ޕެކް ޙަވާލުކުރުމާއި، ދުވަހާ ގުޅޭ ކާޑު ބެހުން ހިމެނެއެވެ.
މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާ ހަދިޔާކުރުމާއި، ދުވަހުގެ ތަހުނިޔާ ފޮނުވުމާއި، އަދި ޓީވީއެމުން މިހާރު ލޯންޗްކޮށްފައިވާ "ހިތްހެޔޮކަމުން އުފާވެރިކަން" މި ކެމްޕޭނުގެ ދަށުން ހިތްހެޔޮކަމާއި، އޯގާތެރިކަމުން އުފާވެރިކަން ގެނުވައިދޭ ފަދަ ވީޑިޔޯ ފޮނުވުމުގެ ޙަރަކާތެއްވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ "ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަސް" ފާހަގަ ކުރެވެނީ ހެޕިނަސް އިންޑެކްޝަންގެ ޕާޓްނަރުން ކަމަށްވާ ޓީވީއެމާއި، ދިރާގުގެ އިތުރުން ޕޮލިހާއި، އުރީދޫ މޯލްޑިވްސް އާއި، ވީބީ މާޓް އަދި ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އެހީތެރިކަމާ އެކީގަ އެއެވެ.
މި ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުން ފަރުދީ ފެންވަރުގަ އާއި، މުއައްސަސާތަކުގެ ފެންވަރުގައާއި، މުޖުތަމަޢުގެ ފެންވަރުގައި އަނެކުންނަށް އެހީތެރިވެ، އޯގާތެރިވުމުގެ ގޮތުން ކޮންމެވެސް ކަމެއް ކޮށްދިނުމަކީ އެ ދުވަސް، ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ މަތިވެރި އެއް މަގުސަދެވެ.

ކިޔުންތެރިންގެ ހިޔާލު