ފެން އިސްރާފު ނުކުރުމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް އިލްތިމާސް ކުރައްވައިފިއެވެ.
މިއަދު ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރަމުންދާ ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރ ވިދާޅުވީ މި ދުވަހާމެދު ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމަށެވެ.
އަދި ކީރިތި ޤުރުއާނުގައި މާތްالله ވަޙީކުރައްވާފައިވަނީ، '"ފުރާނަ ހުރި ދިރުން ހުރި ކޮންމެ އެއްޗެއް ހެއްދެވީ ފެނުންކަމުގައި.'" ކަމަށާއި، މި ބަސްފުޅަށް އެކަނި ވިސްނާލިޔަސް، ފެނުގެ މުހިއްމުކަން ވިސްނޭ ކަމަށް މޭޔަރ އާޒިމް ވިދާޅުވިއެވެ.
މޭޔަރ ވިދާޅުވީ މީގެ 50 ވަރަކަށް އަހަރުކުރިން، ދިވެހިން އާންމުކޮށް ބޭނުންކުރާ ފެނަށް އަގެއް ދައްކަން ނުޖެހޭ ކަމަށާއި ބޭނުން ކުރަމުން އައީ ވަޅު ފެނާއި ވާރޭފެން ކަމަށެވެ. ނަމަވެސް މިއަދުގެ ހާލަތަށް ބަލާއިރު، ފެނަށް ވަރަށް ބޮޑު އަގެއް ދައްކަންޖެހޭ ކަމަށް މޭޔަރ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މޭޔަރ ގެ ޕޯސްޓުގައި ވިދާޅުވީ ފެނަކީ މާތްالله ދެއްވި ވަރަށް މަތިވެރި ނިޢުމަތެއް ކަމަށާއި ފެން އިސްރާފުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރެއްވުމަށް އެދޭ ކަމަށެވެ.
ދުނިޔޭގެ ފެނުގެ ދުވަހަކީ ކޮންމެ އަހަރެއްގެ މާރޗު މަހު 22 ގައި ފާހަގަ ކުރާ ދުވަހެކެވެ. މިއަހަރު ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިއާރަކީ، އެކި ސަރަހައްދު ތަކުގައި ގަޑުވެފައިވާ ބޯން ބޭނުން ކުރާ ސާފު ބޯފެން ރައްކާ ކުރުމެވެ.

ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ފެނުގެ ދުވަހަކީ އަޅުގަނޑުމެން އެ ދުވަހާ މެދު ފުންކޮށް ވިސްނާލަންޖެހޭ ދުވަހެއްކަމުގައި އަޅުގަނޑު ދެކެން. ކީރިތި ޤުރުއާނުގައި الله ވަޙީކުރައްވާފައިވަނީ، ''ފުރާނަ ހުރި ދިރުން ހުރި ކޮންމެ އެއްޗެއެއް ހެއްދެވީ ފެނުންކަމުގައި.'' މި ބަސްފުޅަށް އެކަނި… pic.twitter.com/jWUhgsEtez
— Mayor of Male’ City - Adam Azim (@adamazim) March 22, 2025
ދުނިޔޭގެ ފެނުގެ ދުވަހަކީ ކޮންމެ އަހަރެއްގެ މާރޗު މަހު 22 ގައި ފާހަގަ ކުރާ ދުވަހެކެވެ. މިއަހަރު ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިއާރަކީ، އެކި ސަރަހައްދު ތަކުގައި ގަޑުވެފައިވާ ބޯން ބޭނުން ކުރާ ސާފު ބޯފެން ރައްކާ ކުރުމެވެ.
ކިޔުންތެރިންގެ ހިޔާލު