ްއިސްތިއުފާ ދެއްވި ޑިވޮމޮޕްލަޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ ސީއީއޯ ނޮެއެލް ރައީސްއާ ސަލާމްކުރައްވަނީ
ްއިސްތިއުފާ ދެއްވި ޑިވޮމޮޕްލަޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ ސީއީއޯ ނޮެއެލް ރައީސްއާ ސަލާމްކުރައްވަނީ
ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާ ދީފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން މިއަދު ހަވީރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނޮއެލް އިސްތިއުފާ ދެއްވުމަށް ހުށަހަޅާފައިވާތީ، އޭނާގެ އިސްތިއުފާ ގަބޫލުކޮށް މަގާމުން ވެސް މިހާރު ވަކިކޮށްފައިވާ ކަމަށެވެ.

ނޮއެލް އިސްތިއުފާ ދިން ސަބަބެއް ސާފެއް ނުވެއެވެ.

ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގައި ވެސް މަސައްކަތް ކޮށް މާލީ ތަޖުރިބާ ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް ބުނާ ނޮއެލް މޯލްޑިވްސް ޑިވޮލޮޕްމަންޓް ބޭންކުގެ ސީއީއޯކަމަށް އައްޔަނުކުރީ މިދިޔަ އޮގަސްޓު މަހު އެވެ.

ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވޭ، "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

މި ބޭންކްގެ ހިދުމަތް ފެށުމުން، އިގުތިސާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ޚިދުމަތް ދިވެހިރާއްޖޭގައި ތައާރަފު ވެގެންދާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން