ތިލަމާލެ ބްރިޖު މަޝްރޫއުގެ 52 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
މި މަޝްރޫއަކީ ގްރޭޓަރ މާލެ ސަރަހައްދުގެ ތަރައްޤީއާ ގުޅިފައިވާ މަޝްރޫއެކެވެ. މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅަމުންދާ މި ބްރިޖްގެ މަސައްކަތުގެ ދަށުން މިހާތަނަށް ހަތަރު ސަރަހައްދެއް ވަނީ ގުޅާލެވިފައެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް މި މަޝްރޫޢުގެ 52.44 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޕައިލް ކެޕް، ޕިއަރ ކޮލަމްސް އެޅުމުގެ މަސައްކަތާއި އަދި ސުޕަރ ސްޓްރަކްޗަރގެ ސެގްމެންޓްސް ލޯންޗް ކުރުމުގެ މަސައްކަތްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޖުމްލަ 6.7 ކިލޯމީޓަރުގެ މި ބްރިޖު ތަރައްގީކުރުމަށް މިހާތަނަށް ޖީ.އެސް.ޓީ ނުހިމެނޭހެން 251,563,940.20 ޑޮލަރު ހަރަދުކޮށްފައިވާކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ތިލަމާލެ ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅައިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރާ އެވެ.
މި މަޝްރޫއުގެ ދަށުން ގާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައްވެސް ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު