އެޗްޑީސީގެ ބޯޑުގެ މެމްބަރުކަމުން ހއ. ފިއްލަދޫ/މަބުސްތާން، މުހައްމަދު ވަހީދު ވަކިކޮށްފި އެވެ.
ވަހީދު އެ މަގާމުން ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ކަށަވަރުކޮށްދީފަ އެވެ.
ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ނުބުނެ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލަ ފަޅާ އެރިފަހުން އެޗްޑީސީގެ ބޯޑު އެެއްކޮށް ކުރިން ސަސްޕެންޑްވެސް ކުރި އެވެ.
އަދި އެ މައްސަލައިގައި އެ ކުންފުނިީގެ އެމްޑީގެ މަގާމުގައި އޭރު ހުންނެވި ފަޒުލް ރަޝީދު ސަސްޕެންޑްކުރުމުން ފަހުން އޭނާ މަގާމުން އިސްތިއުފާވެސް ދެއްވި އެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު މައުރޫފް ޖަމީލު އެވެ.

ކިޔުންތެރިންގެ ހިޔާލު