ވެރިރަށް މާލޭގައި އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީބާރު، އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ހެންވޭރު ސޯސަންމަންޒިލް ގޭގެ ފަސް ވަނަ ފަންގިފިލާގައެވެ. އަދި ހާދިސާގައި އަލިފާން ރޯވި އޭސީ އައުޓްޑޯރ ޔުނިޓު ބަހައްޓާފައި ހުރީ، އެ ގޭގައި ކުޑަ ބެލްކަނީއެއް ގޮތަށް ހަދާފައި ހުރި ތަނެއްގައެވެ.
މި ހާދިސާގެ ރިޕޯޓު، އެމްއެންޑީއެފްގެ ފަޔާރ އެންޑް ރެސްކިއު ސާރވިސަސްއަށް ލިބިފައިވަނީ ފަތިހު 4:31 ހާއިރުކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ. އަދި 14 މިނެޓުގެ ތެރޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވުނުކަމަށް ފަޔާރ އެންޑް ރެސްކިއު ސާރވިސަސްއިން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ވެސް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު