ހުޅުމާލެ މުދާ ޖެޓީ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގައިފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ މުދާ ޖެޓީ ތަރައްގީ ކުުރުމުގެ މަޝްރޫއު ފެށުމަށް އެ ކޯޕަރޭޝަނުން ތައްޔާރުވަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އޭޕްރީލް 14 ވާ އަންގާރަ ދުވަހުގެ 00:00 ގެ ކުރިން އުޅަނދުތައް ނެގުމަށް އެދޭ ކަމަށެވެ.

އޭޕްރީލް 14 ވަނަ ދުވަހުގެ ކުރިން އުޅަނދުތައް ނުނަގާ ނަމަ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށް އެ ކޯޕަރޭޝަން ޒިންމާ ނުނަގާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ހުޅުމާލެއަށް މުދާ އަރުވައި ބޭލުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޗްޑީސީން އިސްނަގައިގެން މިދިޔަ އަހަރު ވަނީ ވަގުތީ ޖެޓީއެއް ގާއިމުކޮށްފައެވެ.

އެޗްޑީސީން ބުނީ ވަގުތީ ޖެޓީ ގާއިމު ކޮށްފައި ވަނީ ދެވަނަ ފިޔަވަހީގައި ކަމަށެވެ. އެ ކޯޕަރޭޝަނުން ބުނީ ޖެޓީ ގާއިމު ކުރުމުގެ މަގުސަދަކީ ހުޅުމާލޭގެ ތަރައްގީގެ މަސައްކަތުގައި އުޅޭ ފަރާތްތަކާއި އެހެނިހެން ވިޔަފާރިތައް ކުރާ ފަރާތްތަކަށް ކުރިމަތިވާ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން