"ހޮޅުދޫ ބޯޓު" ރޯވި ހާދިސާގައި ގެއްލުނު މުޝްފިގު ޝަރީފްގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރަން ނިންމައިފިއެވެ.
މާލެ ދަތުރުކުރަނިކޮށް މި ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޝްފިގު ބޯޓުން ގެއްލިފައިވާއިރު އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތަށް އަދި އެއްވެސް އަލިމަގެއް ނުފެނެއެވެ.
މުޝްފިގުގެ މައްޗަށް ކަށުނަމާދު ކުރަން ނިންމާފައިވާކަން އިއުލާން ކޮށްފައި ވަނީ އޭނާގެ އުފަން ރަށް ލ. މާވަށު ކައުންސިލުންނެވެ. އެ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ މުޝްފިގުގެ މައްޗަށް ކަށުނަމާދު ކުރާނީ ހުކުރު ނަމާދަށްފަހު އެ ރަށު މަސްޖިދުލް ބިލާލުގައި ކަމަށެވެ. ކަށުނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފައެވެ.
އުމުރުން އެންމެ 25 އަހަރުގެ މުޝްފިގު ހޯދަން އެމްއެންޑީއެފްގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު 92.42 ސްކުއެއާ ނޯޓިކަލް މޭލް ވަނީ ބަލާފައެވެ. އަދި ޑައިވްކޮށްގެން ކަނޑު އަޑީގެ 65100 އަކަ މީޓަރު ވަނީ ބަލައިފައެވެ.
މުޝްފިގު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ދަނީ ޑްރޯން ވެސް ބޭނުންކުރަމުންނެވެ. އެ އަލިފާނުގެ ހާދިސާ ހިނގި ވަގުތުގައި މުޝްފިގު އޭނާގެ ކޮއްކޮއާއެކު ކަނޑަށް ފުންމާލިއިރު، އޭނާގެ ކޮއްކޮ އަތުގައި ލައިފް ޖެކެޓު އޮތް ނަމަވެސް އޭނާ އަތުގައި ލައިފް ޖެކެޓެއް ނެތެވެ. އޭނާގެ ކޮއްކޮ ބުނި ގޮތުގައި މުޝްފިގު އަޅައިގެން ހުރި ލައިފް ޖެކެޓު މީހަކު އަތުލައިގަތީއެވެ.
މުޝްފިގުގެ ކޮއްކޮ ބުނެފައިވާ ގޮތުގައި ކަނޑުމަތީގައި ބޭބެ ގައިގައި ހިފަހައްޓައިގެން ހުރި ނަމަވެސް ވަކި ހިސާބަކުން އަތް ދޫވީއެވެ. މުޝްފިގަކީ އެހާ ރަނގަޅަށް ފަތަން އެނގޭ މީހެއް ނޫން ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު