އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް
ސަރުކާރަށް ދިމާވާ ގޮންޖެހުންތައް ޤަބޫލުކޮށް ރައްޔިތުން ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެދިވަޑައިގެންފިއެވެ.

ވަޒީރު ޑރ. މުއްޠަލިބް މިހެން ވިދާޅުވީ ފިޔޯރީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ވަޒީރު ވިދާޅުވީ ކޮންސްޓްރަކްޝަން މިނިސްޓްރީން އެކަނިވެސް 40 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަން އެކި ފަރާތްތަކާ އެކު ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެއީ ރާއްޖެ ފަދަ ގައުމަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު ވަޒީރު ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ބޭނުންވާ ލޯނު ރާއްޖޭގެ ބޭންކުތަކުން ނުލިބޭ ކަމަށެވެ. އަދި މަޝްރޫއުތައް ރައްޔިތުންނާ ހަމައަށް އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދޭދޭ ގައުމުތަކުގެ މެދުގައި ވަރަށް ގިނަ ވާހަކަތަކެއް ދެއްކެވިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

“އަޅުގަނޑު އެދެނީ ސަރުކާރުން ކުރާ މިފަދަ މަސައްކަތްތަކުގެ ވީހާވެސް ބޮޑަކަށް އެއްބާރުލުންދީ ސަރުކާރަށް ވެސް ދިމާވާ ގޮންޖެހުންތައް ގަބޫލުކޮށް އަޅުގަނޑުމެންނަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުން ބައިވެރިވެގެން ކުރިއަށް ދިއުން.” ވަޒީރު ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ވަޒީރު ވިދާޅުވީ ދަރަނި ނަގައި ބޭނުން ކުރަނީ ގައުމުގެ އިގްތިސާދަށާއި މުސްތަގްބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަން ކުރެވިގެން އަދި ގައުމުގެ އިގްތިސާދީ ފުދުންތެރިކަމާއި ދައުލަތުގެ ފިސްކަލް އަދި މާލިއްޔަތުގެ ނިޒާމު ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިން ކަމަށެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ މި އަހަރާއި އަންނަ އަހަރަކީ ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގާނެ އަހަރުތަކެއް ކަމަށެވެ. ހާއްސަކޮށް މި އަހަރު ރައީސް ސިފަކޮށްފައި ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަހަރެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން