މޭޔަރ އާޒިމް
މޭޔަރ އާޒިމް
މާލޭގެ ހަނިގޯޅިތައް ތަރައްގީ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރަމުން ދާކަމަށް މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާފަންނު ނަލަހިޔާ ކަންމަތީ ޕޭމަންޓު އުސްކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތް ބެއްލެވުމަށްފަހު މޭޔަރ އާޒިމް ވިދާޅުވީ ހަލާކުވެފައިވާ މާލޭގެ ބައެއް ގޯޅިތައް މަރާމާތު ނުކޮށް އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާކަމަށެެވެ. އެހެންވެ އެ ގޯޅިތަކުގައި ދިރިއުޅޭ މީހުންނަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ ހަނި ގޯޅިތަކުގައި ރަނގަޅަށް ގާ އެތުރިފައި ނުވާކަމާއި ހަނިގޯޅިތަކުގައި ބުޅަލުގެ ނަޖިސް ހުންނަ ކަމުގެ ޝަކުވާ ވެސް ރައްޔިތުންގެ ފަރާތުން ލިބޭ ކަމަށެވެ. އަދި އެ ގޯޅިތަކުގައި އަޑިގުޑަންތައް ހުރުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅޭ މީހުންނަށް އަނިޔާވެ، ގެއްލުންތައް ލިބޭ ކަމަށްވެސް މޭޔަރ ފާހަގަ ކުރެއްވިއެވެ.

މާލޭގެ ހަނި ގޯޅިތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވާ މިފަދަ މައްސަަލަތައް ކައުންސިލްގެ ސަމާލުކަމަށް ގެނެސްދިނުމުން އެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެފަދަ އެއްވެސް މައްސަލައެއް ކުރިމަތިވާނަމަ ސިޓީއެއް މެދުވެރިކޮށް އެ މައުލޫމާތު ކައުންސިލާ ހިއްސާ ކުރުމަށް މޭޔަރ ވަނީ އެދިވަޑައިގެންފައެވެ.

މޭޔަރ އިތުރަށް ވިދާޅުވީ ކައުންސިލްގެ އަމާޒަކީ އެފަދަ ތުރާތަކުން ރައްޔިތުން ސަލާމަތްކޮށް ހިތް ފަސޭހަ މާހައުލަކަށް މާލެ ސިޓީ ހެދުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން