ދައުލަތުގެ ބައެއް މުއައްސަސާތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު އިހުމާލުވާކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑޫ ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 12 މެމްބަރުން ނެވެ. ނުފެންނަކަމަށް 44 މެމްބަރުން ވޯޓު ދެއްވި އެވެ. އެހެންވެ އެ މައްސަލަ ބަލައިގަންނަން ފާހެއް ނުވިއެވެ.
ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމުކުރާ ޚާއްސަ ރައްކާތެރިކަމާއި، މާލީ އެހީ އަދި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އެންސްޕާއާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭން ޖެހޭ ތެރަޕީތަކުގެ އަގު ބޮޑުވެ އެ ތެރަޕީތަކުގެ ކިއު ދިގުވެ އަދި އެކަށީގެންވާ އަދަދަށް ތެރަޕިސްޓުން ނެތްކަން ވެސް އޭނާ ފާހަގަކޮށްފައި ވެއެވެ.
އަދި އޯޓިޒަމް ކުދިންނަށް ބޭނުންވާ ބޭހާއި ބައެއް އަލާތްތައް ވެސް ރާއްޖެއިން ލިބެން ނުހުންނަކަމަށް ކުޑޫ ވިދާޅުވި އެވެ.
އެހެންވެ ކުޑޫ އެދިވަޑައިގެންފައިވަނީ އެ މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ނައްތާލުމަށް މަޖިލީހުގެ ތެރެއިން މަސައްކަތްކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު