އަހުމަދު ޝާހް   15 އޭޕްރީލު 2025 - 12:7
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް، މ. ބްލޫނައިލް، އިބްރާހިމް ޠަޢާމު މުޙައްމަދު އައްޔަނު ކޮށްފިއެވެ.

ޠަޢާމު އެ މަގާމަށް އައްޔަނު ކޮށްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެޗްޑީސީގެ ބޯޑަށް އައު މެމްބަރަކު ޢައްޔަނުކޮށްފައި މި ވަނީ އެ ބޯޑުގެ މެމްބަރުކަމުގައި ކުރިން ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނު ގެ، މުޙައްމަދު ވަހީދު 6 އޭޕްރިލް 2025 ގައި އެ ބޯޑުން ވަކިކުރުމަށްފަހުއެވެ.

އެޗްޑީސީގެ ބޯޑަށް ބަދަލުތަކެއް ގެންނަމުންދާއިރު ބިންވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލޭން ގޯތި ދޫކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެޗްޑީސީގެ ބޯޑުގެ ބައެއް މެންބަރުން މީގެ ކުރިން ސަސްޕެންޑް ކޮށްފައިވެއެވެ.

އަދި އެ މައްސަލައިގައި އެ ކުންފުނިީގެ އެމްޑީގެ މަގާމުގައި އޭރު ހުންނެވި ފަޒުލް ރަޝީދު ސަސްޕެންޑްކުރުމުން ފަހުން އޭނާ މަގާމުން އިސްތިއުފާވެސް ދެއްވިއެވެ.

އެޗްޑީސީގެ އެމްޑީގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު މައުރޫފް ޖަމީލެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން