ވައްކަން ކުރި މައްސަލައެއްގައި މީހެއްގެ ބޮލަށް ކުލަފާޓާ އަޅާ މަންޒަރު ފެންނަ ވީޑިއޯ އާންމު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން އިލްތިމާސްކޮށްފިއެވެ.
އެޗްއާރުސީމުން މިގޮތަށް އިލްތިމާސް ކޮށްފައިވަނީ އެ ވީޑިއޯ މީސްމީޑިޔާގައި ދައުރުކޮށް އެކަމާ ގުޅޭގޮތުން މީސްމީޑިއާގެ މަންސަތަކުގައި ބޮޑު ބަހުސެއް ފެށިފައި ވަނިކޮށެވެ.
"އެކްސް"ގައި ކުރި ޕޯސްޓެއްގައި އެޗްއާރުސީއެމުން ވަނީ، ވައްކަން ކުރިކަމަށް ތުހުމަތުކުރުވޭ މީހަކަށް ކ. މާފުށީގައި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ކުރަމުން ގެންދާތީ އެފަދަ ނާތަހުޒީބު ލާއިންސާނީ ޢަމަލުތައް ފެންނަ ވީޑިއޯ އާންމުނުކުރަން އިލްތިމާސްކޮށްފައެވެ. އަދި އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭޒާތުގެ ކަންކަން ނުކުރުމަށާއި އަދި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށްވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
"އެއްވެސް ފަރުދެއް އަނެކާގެ އިންސާނީ ހައްޤާއި އިންސާނީ ކަރާމާތަށް އަރައިނުގަތުމަށާއި، ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެނޫންވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމަށާއި، ޤާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެހާ ފަރާތްތަކަށް މި ކޮމިޝަނުން އިލްތިމާސް ކުރަން." އެޗްއާރުސީން ކުރި ޕޯސްޓުގައި ބުންޏެވެ.
މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލްގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށްވެސް އެ ކޮމިޝަނުން ވަނީ އެދިފައެވެ. އަދި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވެސް ވީހާ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު