މިވަގުތަކީ ސިޔާސީ ކުޅިވަރު ކުޅުމަށް އޮތް ވަގުތެއް ނޫން ކަމަށާއި އެއަށްވުރެ ޙާލަތު ނާޒުކު ވަގުތެއް ކަމަށް ވިދާޅުވެ އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް، އެމްޑީޕީ އާއި ސަރުކާރުގެ އިސް ވެރިންނަށް ނަސޭޙަތްތެރިވެ ވަޑައިގެންފިއެވެ.
އެމްޑީޕީގެ އެތެރޭގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިއްބެވި އެންމެ ސީނިއަރ ސިޔާސީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި މިވަގުތު ޙައްލުކުރަން ޖެހިފައިވާ މައްސަލަތައް ހުރީ ކުޅިވަރު ކުޅުމަށް ވަގުތު ހުސްކުރެވޭ ވަރަށްވުރެ ސީރިއަސްކޮށް ކަމަށެވެ. އޭގެތެރެއިންވެސް ހާއްސަގޮތެއްގައި ގައުމަށް ކުރިމަތި ވެފައިވާ ސިއްހީ އަދި އިގްތިސާދީ ގޮންޖެހުންތައް އޭނާ ފާހަގަކުރެއްވިއެވެ.
އަދި މި ދަތި ދުވަސް ތަކަކީ އެއްވެސް ސަބަބަކާ ނުލައި ކުދިކުދި ކަންތައްތައް ސިޔާސީ ކުޅިވަރަކަށް ހަދައިގެން ކޮޅުކޮޅަށް ހެލުވޭނެ ވަގުތެއް ނޫން ކަމަށް އެމްޑީޕީ އުފެއްދުމުގައިވެސް އިސް ދައުރެއް އަދާ ކުރެއްވި ޝަރީފް ވިދާޅުވިއެވެ. ހަމައެހެންމެ ދިވެހި ރައްޔިތުންގެ ކުރިމަގު ބިނާވެފައި އޮތީ މިއަދު ސަރުކާރާއި އެމްޑީޕީން ނިންމާ ނިންމުން ތަކުގެ މައްޗައްކަން ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ އެއްވެސް ހެއްކެއްނެތް ވާހަކަތަކާ މެދު ބަހުސް ކުރުން ގިނަވުމާއެކު އެމްޑީޕީގެ ތެރޭގައި އެކުގައި މަސައްކަތް ކުރުމުގެ ރޫހަށް މިއަދު ހުރަސް އެޅިފައިވާ ކަމަށެވެ. އަދި ހުރިހާ އެންމެން މަސައްކަތް ކުރަމުން ދާންވާނީ އެއްމަގްސަދެއްގައި، މުޖްތަމައުގެ ހާލަތު ރަނގަޅުކޮށް ގައުމުގެ ކުރިއެރުން އިތުރު ކުރުމަށް ކަމަށާއި، ނަމަވެސް ބައެއް ލީޑަރުންގެ ކިބައިގައި ކަންކަމާމެދު ޒިމްމާނެގުމުގެ ގާބިލްކަން ކުޑަކަމަށް ޝަރީފް ވިދާޅުވިއެވެ.
ހަމައެހެންމެ ލީޑަރުންގެ އަމިއްލަ ސިޔާސީ ނުފޫޒު އެއްކައިރިކޮށް މިވަގުތު އިސްކަމެއް ދޭންވާނީ ދިވެހިރާއްޖެ އަލުން ކޮޅަށް ޖެހުމަށް ކަމަށާއި، ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ހުރިހާ ލީޑަރުންވެސް ވިސްނަންވީ އެހަމައިން ކަމަށް ޝަރީފް ވިދާޅުވިއެވެ. ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާއީ، ސިޔާސީ، އިގްތިސާދީ، އަދި ސަރުކާރުގައި ހުރި މައްސަލަތަކާ މެދު މިހާރުގެ ވެރިންނާއި އަދި ކުރިއަށް އޮތްތަނުގައިވެސް ދިވެހި ރާއްޖޭގައި ކުރިއަށް ތިބޭނޭ ވެރިންގެ މެދުގައި ވާހަކަ ދެކެވެން ޖެހޭކަން ފާހަގަކުރަށްވައި ޝަރީފް ވިދާޅުވީ، "އަވަހަށް ވެރިކަމަށް އައުމަށް ދަހިވެތިވުމުން ރަނގަޅު ކުރިމަގެއް ބިނާ ނުކުރެވޭނެ" ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ޑިމޮކްރަސީ އަކީ ހަމައެކަނި ސަރުކާރާއި އިންތިޚާބުތައް ނޫން ކަމަށާއި، ގައުމެއްގައި ޑިމޮކްރަސީ ކުރިއަރައިގެން ދިއުމަށް އެގައުމެއްގެ އިގްތިސާދުގެ ކުރިއެރުމުގެ ޔަގީންކަން ގައުމުގެ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށެވެ. އަދި އަރައި ނުގަނެވޭނެ މައްސަލަތަކެއްގައި އަބަދު ތިބުމަކީ ޑިމޮކްރަސީން ރާއްޖެ ކުރިއެރުން ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިފަދަ ނަސޭޙަތެއް ސިޔާސީ ފަރާތްތަކަށް ދެއްވާފައިވާއިރު، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލްގެ އިތުބާރުނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ހުށައެޅުއްވުމަށް ތައްޔާރުވަމުންނެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ތަރުތީބުކޮށް އެކަމާގުޅޭ ތަފްސީލްތައް ޕާޓީގެ ޢާއްމު މެމްބަރުންނާ ޙިއްސާ ކުރެއްވުމަށް ރައީސް ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފަށް ސިޓީއެއް މެދުވެރި ކުރަށްވައި އަންގަވާފައެވެ.
ރައީސް ނަޝީދުގެ ތުހުމަތުތައް މިނިސްޓަރ ފައްޔާޒް ދޮގު ކުރަށްވާފައި ވާއިރު ފައްޔާޒް ވިދާޅުވެފައިވަނީ މަޤާމުން އެއްކައިރިވެ ވަޑައިގަންނަވާނީ ރައީސް ޞާލިޙް އެންގެވުމުން ކަމަށެވެ. އަދި ޙަސަން ލަތީފް ވެސް ވަނީ ރައީސް ނަޝީދުގެ ސިޓީއާއި ގުޅިގެން މިނިސްޓަރ ފައްޔާޒަށް އެއްވެސް އެއްޗެއް ނާންގަވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު