ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން
ރިސޯޓުތަކުގައި މުވައްޒަފުން ބަންދުކޮށްގެން ގެންގުޅެވޭނެ ކަމަށް ޤަބޫލުކުރުމަކީ ނުރައްކާތެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

"މުވައްޒަފުންނަށް ނައިޓަށް ދެވޭ އިސްލާޙާ" އެކު ވަޒީފާއާ ބެހޭ ޤާނޫނު ފާސްކުރުމާގުޅިގެން، ދުލަށް އަންނަހާ އެއްޗެއް ވައުދަށްވެ އެ ވައުދުތައް ގާނޫނަށްވުމަކީ ހުދުމުހުތާރު ނުރައްކާތެރި ސިގުނަލެއް ކަމަށް މަޖިލީހުގެ ކުރީގެ މެންބަރު އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ހިސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުވައްޒަފުން ބަންދުކޮށްގެން ރިސޯޓުތަކުގައި ގެންގުޅެވޭނެ ކަމަށް ގަބޫލުކޮށް ވާހަކަ ދެއްކުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ވަޒީފާގެ ގަޑި ނިމުމުން ވަކި ތަނެއްގައި ހުރުމަށް މަޖުބޫރު ކުރެވިގެން ނުވާނެ ކަމަށާއި މިއީ 2020 ވަނަ އަހަރު ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

ރިޒޯޓު މުވައްޒަފުން ވަޒީފާ އަދާ ކުރުމަށް ފަހު ޑިއުޓީ ގަޑި ނިމުމުން ރަށަށް ދެވޭ ގޮތް ހަދަން ހިސާން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު މިދިޔަ އާދީއްތަ ދުވަހު މަޖިލީހުގެ ތަޅުމުން ވަނީ ފާސް ކޮށްފައެވެ.

ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ "މުވައްޒަފަކު އޭނާ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން އޭނާ މަސައްކަތް ކުރާ ސައިޓުގައި ނުވަތަ ރަށުގައި ނުވަތަ އުޅަނދެއް ފަދަ ތަނެއްގައި ހުރުމަށް ވަޒީފާދޭ ފަރާތުން އޭނާއަށް މަޖުބޫރުކޮށްގެން ނުވާނެ" ކަމަށެވެ.

މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމާއި އޭނާ ގަޑިއަށް ވަޒީފާއަށް އައުމަށް ވަޒީފާދޭ ފަރާތުން ހުރަސް އަޅައިގެން ނުވާނެ ކަމަށާއި، ވަޒީފާ އަދާކުރާ ފަރާތުން ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމަށާއި ގަޑިއަށް ވަޒީފާއަށް ދިއުމަށް އުޅަނދެއް ބޭނުންވާ ނަމަ އެ އުޅަނދެއް އެތަނަކާ ކައިރި ކުރުން މަނާ ނުކުރެވޭ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

އެ އިސްލާހު ފާސްކުރަން މަޖިލީހުގެ 61 މެމްބަރުން ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން