ރަސްފަންނަށް ތެޔޮ ލީކުވެފައި--
ރަސްފަންނަށް ތެޔޮ ލީކުވެފައި--
ރަސްފަންނަށް ތެޔޮ ލީކުވެ މޫދަށް ނޭރެން އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުންގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ރަސްފަންނު ބީޗު ކައިރި އެއްގަމުން ތެޔޮ ފެނިފައިވާ މައްސަލައެއް ފެންމަތިވެގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި އެކަން ހިނގިގޮތް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ބަލަން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންވެ ރަސްފަންނު ސަރަހައްދުގައި މޫދަށް އެރުމާއި އެހެން އެއްވެސް ކަމެއް އެތަނުގައި މިވަގުތު ނުބޭއްވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ފޯނު ނުނަގާތީ އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ނުލިބެ އެވެ.

ރަސްފަންނުގެ މޫދު ސަރަހައްދުގައި ކިސަޑު ބޯވެ މިދިޔަ ފެބްރުއަރީ މަހު އެތަން ވަގުތީ ގޮތުން ބަންދުވެސް ކުރި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން