ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް
ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް
ތެލެސީމިއާ ބަލިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި މި ސަރުކާރުން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ބްލަޑް ސަރވިސްގެ ހިދުމަތާއި ތެލަސީމިއާ ސެންޓަރު 'އޮރެންޖު ހިޔާ' އަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ބައްޔެއްގެ ގޮތުގައި ތެލަސީމިއާ ދެނެގަނެވުނުއިރުއްސުރެ އެ ބައްޔަށް ފަރުވާ ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި މިކަމުން އަރައިގަތުމަށްޓަކައި އެކި ސަރުކާރުތަކުން ސިޔާސަތުތައް ތަންފީޒު ކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް ފަހުގެ ތާރީޙެއްގައި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމަނުއްވައިގެން ވެރިޔަކު އަމިއްލަފުޅަށް އިރުޝާދުދެއްވައި މުއައްސަސާތައް ޒިންމާދާރުކުރުވާފައިވަނީ މި ސަރުކާރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ތެލެސީމިއާ ބަލިން އަރައިގަތުމަށް ފަހުގެ ތާރީހެއްގައި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނައިގެން މަސައްކަތް ކޮށްފައިވަނީވެސް މި ސަރުކާރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ތެލަސީމިއާ ފަރުވާގައި ހާސިލްކުރަންޖެހިފައިވާ ކަންކަން ވަރަށް ގިނަ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކުރީގެ ތެލެސީމިއާ ސެންޓަރުގެ ހާލަތު ދައްވެ، އެތަނުން ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވުމުން، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެ ސެންޓަރު ވަނީ "އޮރެންޖު ހިޔާ" އަށް ބަދަލު ކޮށްފައެވެ. އޮރެންޖު ހިޔާގައި ގާއިމް ކުރެވުނު ތެލެސީމިއާ ސެންޓަރުގެ ސަބަބުން ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށާއި، އާއިލާތަކަށް ލުއިފަސޭހަވެގެން ދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން